ރާއްޖޭގެ ފުރަތަމަ ރީތީގެ ރާނީ ބާރަށު ރަމްލާ ނިޔާވެއްޖެ

ރާއްޖޭގެ ފުރަތަމަ ރީތީގެ ރާނީ ހއ. ބާރަށް، ރަމްލާ އަހުމަދު ނިޔާވެއްޖެ އެވެ. އޭނާ ނިޔާވީ އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 10:30 ހާއިރު އެވެ. އޭނާ ނިޔާވީ މުސްކުޅި ބަލީގައި ފަރުވާ ހ...

03 Jul 2018 | 07:28

ރާއްޖޭގެ ފުރަތަމަ ރީތީގެ ރާނީ ހއ. ބާރަށް، ރަމްލާ އަހުމަދު ނިޔާވެއްޖެ އެވެ.

އޭނާ ނިޔާވީ އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 10:30 ހާއިރު އެވެ. އޭނާ ނިޔާވީ މުސްކުޅި ބަލީގައި ފަރުވާ ހޯދަމުން ދަނިކޮށް އުމުރުން 83 އަހަރުގައި އެވެ.

މިފަހަކަށް އައިސް ރަމްލާ ދިރިއުޅެމުން ދިޔައީ ދަރިންނާއި އެކު އެކުދިންގެ ކައިރީގައި މާލޭގައި އެވެ. ރަމްލާގެ އާއިލާއިން މީޑިއާގައި ބުނެފައިވަނީ ރޯދަ މަހުން ފެށިގެން އައިޖީއެމްއެޗުގައި އޭނާއަށް ފަރުވާދެމުންދާ ކަމަށެވެ.

ރަމްލާ ރީތީގެ ރާނީގެ މަގާމު ހޯދީ ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަމުގައި މުޅި ރާއްޖެއިން ހޮވާލެވުނު އެންމެ ރީތި އަންހެން ކުދިން ބައިވެރިކޮށްގެން ބޭއްވި ރީތީގެ ރާނީގެ މުބާރާތުން ނެވެ. އެއީ 1953 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ.

ރަމްލާ ދެ ކައިވެންޏެއް ކުރިއެވެ. ނިޔާވިއިރު ފިރިމީހާ އާއި ހަތް ދަރިން ވެސް ދުނިޔޭގައި އެބަ ތިއްބިއެވެ. ރަމްލާގެ ތިބެނީ ފިރިހެން ކުއްޖަކާއި ހަ އަންހެން ކުދިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް