މިލަންދޫ ނަރުދަމާ ނިޒާމު އިފްތިތާހުކޮށްފި

ށ. މިލަންދޫގައި ގާއިމް ކުރި ނަރުދަމާ ނިޒާމު ރަސްމީކޮށް އިފްތިތާހު ކޮށްފި އެވެ. އެ ރަށުގައި ގާއިމް ކުރި ނަރުދަމާ ނިޒާމު އިފްތިތާހު ކޮށްދެއްވީ ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދާ ދަތުރުފުޅުގައި މިލަނ...

03 Jul 2018 | 06:48

ށ. މިލަންދޫގައި ގާއިމް ކުރި ނަރުދަމާ ނިޒާމު ރަސްމީކޮށް އިފްތިތާހު ކޮށްފި އެވެ.

އެ ރަށުގައި ގާއިމް ކުރި ނަރުދަމާ ނިޒާމު އިފްތިތާހު ކޮށްދެއްވީ ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދާ ދަތުރުފުޅުގައި މިލަންދޫއަށް ވަޑައިގެން ރައީސް އަބްދުﷲ ޔާމީން އެވެ. ރައީސް ށ. އަތޮޅަށް ދަތުރުފުޅު ފެއްޓެވީ އިއްޔެ އެވެ.

މިލަންދޫ ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ކޮށްފައިވަނީ އެމްޑަބްލިއުއެސްސީ އިންނެވެ. އެ މަސައްކަތް އެ ކުންފުންޏާއި ހަވާލު ކުރީ އޯގަސްޓް 19، 2014 ގައެވެ. މިއަދު ރަސްމީކޮށް މި ހިދުމަތް އިފްތިތާހު ކުރިޔަސް މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ނަރުދަމާގެ ހިދުމަތް އެ ރަށުގައި ދަނީ ފޯރުކޮށްދެމުންނެވެ.

މި މަޝްރޫއުގެ ދަށުން ފަސް ޕަމްޕް ސްޓޭޝަން ބަހައްޓައި 13.2 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ގާއިމްކޮށްފަ އެވެ. އަދި ރަށުގެ 700 ގެއަށް ހިދުމަތްދީ، ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 150 މީޓަރުގެ އައުޓް ފޯލް ހޮޅި ވަނީ އަޅާފައެވެ.

މި މަޝްރޫއަކީ ޑައިރެކްޓް ނެގޯސިއޭޝަންގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދިޔަ މަޝްރޫއަކަށްވާތީ، އެ ރަށުގައި ޕަމްޕް ސްޓޭޝަން ބަހައްޓާނެ ބިން ފާހަގަކޮށް ޕަމްޕް ސްޓޭޝަން ބިނާކޮށް ޑިޒައިން ކުރުމާއި އީއައިއޭ މަސައްކަތްތައް ވެސް އެމްޑަބްލިއުއެސްސީން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ރައީސް ށ. އަތޮޅަށް ކުރައްވަމުންގެންދަވާ މިދަތުރުފުޅުގައި އިއްޔެ ވަނީ ފުނަދޫ، ބިލެއްފަހީ އަދި ކަނޑިތީމަށް ވަޑައިގެންފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް