އިންޑިއާ މަގުން ރާއްޖެ އެތެރެ ކުރި ހަ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ކަސްޓަމްސް އިން ހިންގި އޮޕަރޭޝަންތަކެއްގައި އިންޑިއާ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު ހަ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ. ކަސްޓަމްސް އިން ބުނީ މިދިމަހުގެ 29 ވަނަ ދުވަހު އިންޑިއ...

03 Jul 2018 | 06:31

ކަސްޓަމްސް އިން ހިންގި އޮޕަރޭޝަންތަކެއްގައި އިންޑިއާ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު ހަ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ މިދިމަހުގެ 29 ވަނަ ދުވަހު އިންޑިއާގެ ކޮޗިން އިން ރާއްޖެ އައި ބަންގްލަދޭޝް މީހެއްގެ އަމަލުތައް ހުރި ގޮތުން ފޮށިތަންމަތި ބަލާ ފާސް ކުރި އިރު އޮތް ދެ ރަޖާ ގަނޑެއްގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ފެނިފައިވާ ކަމަށެވެ. އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 4.828 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

ދެވަނަ މީހާ ހައްޔަރު ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެމީހާ އަކީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ރާއްޖެ އައީ ބަންގްލަދޭޝް އިން އިންޑިއާ މަގުންނެވެ. ކަސްޓަމްސް އިން ބުނީ އޭނާގެ ފޮށިތަންމަތި ބަލާ ފާސްކުރި އިރު 2.053 ކިލޯގެ ކެނަބިސް ފެނިފައިވާ ކަމަށެވެ.

މި ދެ މައްސަލައިގަ ޖުމްލަ 6.87 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

އެ އިދާރާއިން ވަނީ މި މައްސަލަތަކުގައި ހައްޔަރު ކުރެވުނު ދެ މީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނާއި ހަވާލުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް