ސުޕްރީމް ކޯޓަށް ފޮނުވާ ސިޓީ އުއްތަމަ ފަނޑިޔާރަށް އެޑްރެސް ކުރުމަށް އަންގައިފި

ސުޕްރީމް ކޯޓަށް ފޮނުވާ ސިޓީ އާއި ލިޔުން އުއްތަމަ ފަނޑިޔާރަށް އެޑްރެސް ކުރުމަށް އެ ކޯޓުން އަންގައިފި އެވެ. ސުޕްރީމް ކޯޓުން ރޭ ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ އިއްޔެ އިން ފެށިގެން އެ ކޯޓަށް ފޮނުވާ ...

03 Jul 2018 | 05:39

ސުޕްރީމް ކޯޓަށް ފޮނުވާ ސިޓީ އާއި ލިޔުން އުއްތަމަ ފަނޑިޔާރަށް އެޑްރެސް ކުރުމަށް އެ ކޯޓުން އަންގައިފި އެވެ.

ސުޕްރީމް ކޯޓުން ރޭ ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ އިއްޔެ އިން ފެށިގެން އެ ކޯޓަށް ފޮނުވާ ސިޓީތައް އެޑްރެސް ކުރާނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއަށް ކަމަށެވެ. މިއީ އާންމުކޮށް އެ ކޯޓުގައި އަމަލު ކުރާ އުސޫލެވެ.

އެކަމަކު ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިދިޔަ ފެބްރުއަރީ މަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހައްޔަރު ކޮށް ދައުވާ ކުރުމާއި ގުޅިގެން އެ އުސޫލަށް ބަދަލު ގެނައީ އެވެ. އިއްޔެ އާއި ޖެހެންދެން އެ ކޯޓުން އަންގާފައިވަނީ ސިޓީ އާއި ލިޔުން އެޑްރެސް ކުރަން ވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފަށް ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަން ކޮށްފައިވަނީ މިދިޔަ ހަފްތާގައި އެވެ. އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާކަމަށް ޝަރުއީ ހުރިހާ މަރުހަލާއަކުން ކަނޑައެޅުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް