ސަލާމަތީ ބާރުތަކުން ރައްޔިތުންގެ މަޖިލީހުން ނިކުމެ 2017ގައި މަޖިލިސް ހުއްޓުނު ހިސާބުން ފެށުމަކީ މިނިވަން އިންތިހާބަކަށް ކޮންމެހެން މުހިންމު ކަމެއް ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައި އެވެ.
https://twitter.com/MohamedNasheed/status/1014012957397639169
އެ ޓްވީޓްގައި ނަޝީދު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުން ސިފައިންނާއި ފުލުހުން ނުކުމެ، އެ މަޖިލިސް ހުރިހާ މެމްބަރުންނާއެކު މަޖިލިސްގެ މަސައްކަތް 2017 ވަނަ އަހަރު ޖުލައި މަހު ހުއްޓިފައިވާ ހިސާބުން ފެށުމަކީ، މިނިވަން އިންތިހާބަކަށް ކޮންމެހެން މަޖުބޫރު ކަމެއް ކަމަށެވެ.
ނަޝީދު މިހެން ވިދާޅުވެފައިވާއިރު މަޖިލީހުގެ ތަޅުމުގައި އިއްޔެ ބޭއްވި ޖަލްސާގައި ވޯޓާއި ހަމައަށް ދިޔަ ނަމަވެސް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ޖަލްސާ ނިންމަވާލެއްވީ މެމްބަރުންގެ އަދަދު މަދުކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް