މުއްދަތު ހަމަވި އިރު ދެ ހެލިކޮޕްޓަރު އަދިވެސް ރާއްޖޭގައި، އޮޕަރޭޓް ކުރަން ތިބި މީހުންގެ ވިސާ ހަމަވެފައި

ދެ ހެލިކޮޕްޓަރާއި، އޮޕަރޭޓް ކުރަން ތިބި އިންޑިއާގެ މުވައްޒަފުން ގެންދަން ރާއްޖެއިން އިންޑިއާއަށް ދިން މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ހަމަވެފައިވާއިރު އިންޑިއާއިން އެ ހެލިކޮޕްޓަރުތައް އަދިވެސް ނުގެންދ...

03 Jul 2018 | 04:31

ދެ ހެލިކޮޕްޓަރާއި، އޮޕަރޭޓް ކުރަން ތިބި އިންޑިއާގެ މުވައްޒަފުން ގެންދަން ރާއްޖެއިން އިންޑިއާއަށް ދިން މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ހަމަވެފައިވާއިރު އިންޑިއާއިން އެ ހެލިކޮޕްޓަރުތައް އަދިވެސް ނުގެންދާ ކަމަށާއި އަދި އެ އޮޕަރޭޓް ކުރަން ތިބި އިންޑިއާ މުވައްޒަފުންގެ ވިސާވެސް ހަމަވެފައިވުމުން އިންޑިއާ އާއި ރާއްޖޭގެ މަސްރަހު އަނެއްކާވެސް ގޯސްވެދާނެ ކަމަށް އިންޑިއާ ނޫސްތަކުން ބުނެފި އެވެ.

ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާގޮތުގައި އެ ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރުމަށްތިބި އިންޑިއަން ނޭވީގެ 26 މުވައްޒަފުންގެ ވިސާ މިދިޔަ މަހުގެ 30 ނިޔަލަށް ވަނީ ހަމަވެފައި އެވެ.

2013 ގައި ރާއްޖެއަށް ހަދިޔާ ކުރި ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު އޮޕަރޭޓް ކުރަނީ އިންޑިއަން ނޭވީންނެވެ. އަނެއް ހެލިކޮޕްޓަރު އޮޕަރޭޓް ކުރަނީ އިންޑިއާގެ ކޯސްޓްގާޑުންނެވެ.

އޮޕަރޭޓް ކުރަން ތިބި މުވައްޒަފުންގެ ވިސާ މެއި މަހު ހަމަވި ނަމަވެސް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖްގެ އެދިލެއްވުމަށް ރާއްޖެއިން އެ މީހުންގެ ވިސާ އެއް މަސް ދުވަހަށް އިތުރުކޮށްދިން ކަމަށް ނޫސްތަކުގައި ވެ އެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަ އެމްބެސެޑަރު އަހްމަދު މުހައްމަދު ވިދާޅުވެފައިވަނީ ހެލިކޮޕްޓަރުގެ މައްސަލަ ހައްލުވިކަމުގެ މައުލޫމާތެއް ލިބިފައިނެތް ކަމަށާއި 30 ޖޫންގެ ކުރިން ދެ ހެލިކޮޕްޓަރު ރާއްޖެއިން ގެންދިއުމަށް އިންޑިއާއަށް ރާއްޖެއިން އަންގާފައިވާކަމަށެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ އިންޑިއާ މުވައްޒަފުންގެ ވިސާ މައްސަލަވެސް އަދި ހައްލު ނުވާކަމަށް ރިޕޯޓް ކޮށްފައިވާއިރު 2000 އަށްވުރެ ގިނަ ވޯކްޕާމިޓް ފެބްރުއަރީ އިންފެށިގެން އައުކޮށްނުދީ ވާކަމަށްވެސް ރިޕޯޓް ކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް