ދަފްތަރުގައި ރަޖިސްޓްރީވާން އުޅެނިފަ ވޯޓު ލުމުގެ ހައްގު ގެއްލޭނެ!

މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ރަށްވެހިކަން ބަދަލުކޮށްފި ނަމަ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ގެއްލޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. އީސީން މިހެން ބުނި އިރު ސަރ...

03 Jul 2018 | 04:31

މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ރަށްވެހިކަން ބަދަލުކޮށްފި ނަމަ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ގެއްލޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އީސީން މިހެން ބުނި އިރު ސަރުކާރުން ވަނީ މާލޭ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އަތޮޅު ތެރޭގެ ރައްޔިތުންނަށް ހުޅުވާލާފައި އެވެ.

އީސީގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ އިންތިހާބުގައި ވޯޓްލުމުގެ ފުރުސަތު ގެއްލޭ އެއްވެސްކަމެއް ނުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާކަމަށެވެ. އެގޮތުން މިމަހުގެ އެއް ވަނަ ދުވަހު ވޯޓާސް ލިސްޓުގައި ހުރި މައްސަލަތައް ހައްލުކޮށް އާންމުކޮށްފައިވާތީ އިތުރު ބަދަލުތަކެއް އެ ލިސްޓަށް މިމަހުގެ 12 ދުވަހުގެ ފަހުން ނުގެންނާނެތީ އެމީހަކު މިހާރު ރަޖިސްޓްރީވެފައިވާ ރަށެއް ނުވަތަ ދާއިމީ އެޑްރެސް ބަދަލު ނުކުރުމަށް އެދޭކަމަށެވެ.

އޭނާ ވިދާޅުވީ  ރިޔާސީ އިންތިހާބުގައި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ އެ މުއްދަތުގެ ތެރޭގައިވެސް އެފަދަ ކަމެއް ނުކުރުމަށް  އިލްތިމާސްކުރާ ކަމަށެވެ. އަކްރަމް ވިދާޅުވީ އެފަދަ ކަމެއް ދިމާވެއްޖެނަމަ ކޮމިޝަނަށްވެސް ކޮށްދެވޭނެ ކަމެއް ނޯންނާނެތީ ރިޔާސީ އިންތިހާބުގެ ވޯޓްގެ ކަންކަން މުޅިން ނިމެންދެން ރަށްވެހިކަން ބަދަލުކުރުންފަދަ ކަމެއް ނުކުުރަމަށް އެދޭކަމަށެވެ.

ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު މިދިޔަ ހަފްތާގައި ވިދާޅުވެފައިވަނީ މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުން ދަފްތަރުގައި ރަޖިސްޓްރީވުމަށް އަލުން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މިނިސްޓަރު އެހެން ވިދާޅުވުމުން ސިޓީ ކައުންސިލުން ވަނީ ސަރުކާރުން ހުޅުވާލި އެ ފުރުސަތާއި އެކު ދަފްތަރުގައި ރަޖިސްޓްރީވާން މިވަގުތު އުޅެފި ނަމަ ގިނަ ބަޔަކަށް ވޯޓުލުމުގެ ހައްގު ގެއްލުމުގެ ބިރު އެބައޮތް ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް