މިތުންގެ އަންހެނުންނާއި ދަރިފުޅުގެ މައްޗަށް ރޭޕްގެ ތުހުމަތު!

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ މިތުން ޗަކްރަބޯތީގެ ދަރިފުޅު މަހާކްޝޭ ޗަކްރަބޯތީ އާއި މިތުންގެ އަންހެނުން ޔޮގިތާ ބާލީގެ މައްޗަށް ރޭޕް ކުރުމާއި އޮޅުވާލައިގެން ބަލިވެ ބޭންދކަމުގެ ތުހުމަތުކޮށް ފުލުހަށް...

03 Jul 2018 | 04:12

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ މިތުން ޗަކްރަބޯތީގެ ދަރިފުޅު މަހާކްޝޭ ޗަކްރަބޯތީ އާއި މިތުންގެ އަންހެނުން ޔޮގިތާ ބާލީގެ މައްޗަށް ރޭޕް ކުރުމާއި އޮޅުވާލައިގެން ބަލިވެ ބޭންދކަމުގެ ތުހުމަތުކޮށް ފުލުހަށް މައްސަލަ ހުށަހަޅައިފި އެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ ބައެއް ހިންދީ ފިލްމުތަކުގައި މަސައްކަތް ކޮށްފައިވާ އަންހެނެއް ކަމަށް ވެ އެވެ. މަހާކްޝޭގެ މައްޗަށް އޭނާ ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އޭނާ އާއި އެކު ޖިންސީ ގުޅުން ހިންގީ ކައިވެނި ކުރާނެ ކަމަށް ބުނެ އޮޅުވާލައިގެން ނެވެ.

އަދި ބަލިވެ އިނުމުންވެސް ކައިވެބި ކުރާނެ ކަމަށް ބުނެ އޮޅުވާލީ ކަމަށާއި އަދި ގޮތް ނޭނގޭ ބޭސްތަކެއް ދަރިފުޅު ވައްޓާލުމަށް އޮޅުވާލައިގެން ދިން ކަމަށެވެ. މިތުންގެ އަންހެނުންނާއި ދެކޮޅަށް އޭނާ ހުށަހެޅި މައްސަލައިގަ ބުނެފައިވަނީ މަހާކްޝޭ އޭނާ އާއި ދޭތެރޭ ކަންތައް ކުރިގޮތް ހާމަވުމުން ޔޮގިތާ އޭނާއަށް ބިރު ދެއްކި ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި މަހާކްޝޭ އާއި އެ އަންހެން މީހާ ލޯބީގެ ގޮތުން ގުޅިގެން ހަތަރު އަހަރު އުޅުނެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅި އިރު މަހާކްޝޭ މިމަހުގެ ހަތް ވަނަ ދުވަހު ސައުތް އިންޑިއަން އެކްޓްރެސް އަކާއި ކައިވެނި ކުރަން ވަނީ ނިންމާފައި އެވެ.

މި މައްސަލައިގަ ފުލުހުން އަދި މިތުންގެ އާއިލާ އާއި ދެކޮޅަކަށް ފިޔަވަޅެއް ނާޅައެވެ.

މިތުންގެ ދަރިފުޅު މަހާކްޝޭ ބޮލީވުޑަށް ތައާރަފު ވީ 2008 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ޖިމީ" އިންނެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ 2015 ވަނަ އަހަރު ރިލީޒް ކުރި އިޝްކޭދާރިއާން" އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް