ފެންފުށިން ގެއްލުނު އަދުނާން ކަނޑުމަތިން ފެނިއްޖެ

އދ. ފެންފުށީގައި ގެއްލިގެން ހޯދަމުން ދިޔަ އަދުނާން އަހުމަދު، 29 ކަނޑުމަތިން ފެނިއްޖެ އެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އާދަމް އާޒިމް ވިދާޅުވީ އޭނާ ފެނިފައިވަނީ ފެންފުށީ ހުޅަނގު ދެކ...

02 Jul 2018 | 19:16

އދ. ފެންފުށީގައި ގެއްލިގެން ހޯދަމުން ދިޔަ އަދުނާން އަހުމަދު، 29 ކަނޑުމަތިން ފެނިއްޖެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އާދަމް އާޒިމް ވިދާޅުވީ އޭނާ ފެނިފައިވަނީ ފެންފުށީ ހުޅަނގު ދެކުނުން 20 ނޯޓިކަލް ބޭރުން ޑިންގީއެއްގައި އިންދަ ކަމަށެވެ. އޭނާ ފެނިގެން އެމްއެންޑީއެފަށް ރިޕޯޓު ކުރީމިރޭ 7:16 ހާއިރު ރ. އަލިފުށީ "ރާސްތާ 2" ނަމަކަށް ކިޔާ ދޯނީގެ ފަޅުވެރިންނެވެ.

ފެނުނު އިރު އަދުނާންގެ ހާލު ރަނގަޅެވެ. އާޒިމް ވިދާޅުވީ އޭނާ މިހާރު ފެންފުށީ ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފާއި ފުލުހުން ވަނީ އަދުނާން ހޯދުމަށް އިއްޔެ އާއި މިއަދު އެ ރަށު ތެރޭގެ އިތުރުން ފަޅު ތެރެވެސް ބަލާފަ އެވެ.

އޭނާ އެންމެ ފަހުން ފެނިފައިވަނީ އިއްޔެ ރޭ 11:30 ހާއިރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް