އަދީބު ޖަލުގައި އޮންނަވާ ފޮޓޯއެއް މެމްބަރ މަޚުލޫފު ޢާންމުކުރައްވައިފި

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ޖަލުގައި އޮންނަވާ ފޮޓޯއެއް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މިއަދު އާއްމުކުރައްވައިފި އެވެ. މަޚުލޫފު މި ފޮޓޯ އާންމު ކޮށްފައި މިވަނީ މިއަދު އޭނާ ކު...

03 Jul 2017 | 16:31

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ޖަލުގައި އޮންނަވާ ފޮޓޯއެއް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މިއަދު އާއްމުކުރައްވައިފި އެވެ.

މަޚުލޫފު މި ފޮޓޯ އާންމު ކޮށްފައި މިވަނީ މިއަދު އޭނާ ކުރި ޓުވީޓެއްގައެވެ. އޭގައި އޭނާ ވިދާޅުވީ ދޫނިދޫ ޖަލުގައި އަދީބު އުޅުއްވަނީ ނިކަމެތި ހާލެއްގައި ކަމަށާއި، އަދީބު މަރާލާފާނެތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.

އަދީބަށް ނުރައްކާތެރި ސިއްހީ ހާލަތުތަކެއް ކުރިމަތިވެ،އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވާ ކަމަށާއި އަދި ކިޑުނީގައި ހިލަ އުފެދުމުގެ އިތުރުން ނުރައްކާތެރި ބައްޔެއް ކަމަށްވާ ގްލޮކޮމާ އަދީބުގެ ލޮލަށް ޖެހިފައިވާ ކަމަށް ވަކީލުން ހާމަކުރެއެވެ.

އަދީބު ރާއްޖެއިން ބޭރަށް ގެންދިއުމުގެ ހުއްދައަކަށް ވެސް އާއިލާއިން ވަނީ އެދިފައެވެ. ނަމަވެސް ސަރުކާރުން ވަނީ ބޭސްފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ފޮނުވައިފިނަމަ ފިލުމުގެ ފުރުސަތު ބޮޑުކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް