މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް ހުށަހަޅާފައި އިތުބާރު ނެތް ކަމުގެ މައްސަލައިގެ ލިސްޓުގައި ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ނާޝިދު ސޮއި ނުކުރައްވައެވެ.
ލިސްޓުގައި ނާޝިދު ސޮއި ނުކުރެއްވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.
މަސީހުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅާފައިވަނީ 45 މެމްބަރުންގެ ސޮޔާއެކުއެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ 10 މެމްބަރަކު ވެސް ހިމެނި ވަޑައިގަންނަވައެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ، އިދިކޮޅު ފަރާތްތަކުން މީގެކުރިން ވެސް މަޖިލީހަށް ވެއްދިއިރު، އެފަހަރު މަސީހުގެ މައްޗަށް އިތުބާރު އޮތްކަމަށް ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގަތް 48 މެމްބަރުންގެ އިއްތިފާގުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް