ޝައިނީ އެންމެ ކަންބޮޑުވީ އެމްޕީ އިލްހާމާއި ޝިނާން އޮޅުވާލުމުން !

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ، ގިނަ އަދަދެއްގެ މެމްބަރުންގެ ސޮޔާއިއެކު ހުށަހަޅާފައިވާއިރު ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެންމެ ކަން...

03 Jul 2017 | 13:08

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ، ގިނަ އަދަދެއްގެ މެމްބަރުންގެ ސޮޔާއިއެކު ހުށަހަޅާފައިވާއިރު ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެންމެ ކަންބޮޑުވީ އެމްޕީ އިލްހާމާއި އެމްޕީ ޝިނާން އޮޅުވާލެއްވުމުން ކަމުގައި މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޓްވީޓެއްގަ އެވެ.

ޝައިނީގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ކަންކަން ހައްލު ކުރުމަށް ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާން އާއި އެކު މަޝްވަރާތައް ކުރެވެމުން ދިޔަ ކަމަށެވެ.

ޑރ. ޝައިނީގެ ކަންބޮޑުވުން ހިއްސާކޮށް ޓްވީޓެއް ކުރައްވާފައިވާއިރު އިދިކޮޅު ފަރާތްތަކުން މަސީހުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ 45 މެމްބަރުންގެ ސޮޔާއި އެކުގަ އެވެ. އޭގެ ތެރޭގައި ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ ނުވަ މެމްބަރަކު ހިމެނިވަޑައިގަންނަވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް