ވަކި މުއްދަތެއް ނެތްގޮތަށް މަޖިލީހުގެ ޖަލްސާތައް ކެންސަލް ކޮށްފި !

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނިކޮށް މާދަމާގެ ޖަލްސާ ކެންސަލް ކޮށްފި އެވެ. ދުވަހަށް މިކަން ވަނީ ކަށަވަރު ވެފަ އެވެ. މައުލޫމާތު ލިބ...

03 Jul 2017 | 08:46

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނިކޮށް މާދަމާގެ ޖަލްސާ ކެންސަލް ކޮށްފި އެވެ.

ދުވަހަށް މިކަން ވަނީ ކަށަވަރު ވެފަ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މަޖިލީހުގެ ޖަލްސާ ކެންސަލް ކޮށްފައިވަނީ އަލުން ފަށާނެ ދުވަހެއް ފަހުން އަންގާ ގޮތަށެވެ.

މިކަން ރައްޔިތުންގެ މަޖިލީހުން މީޑިއާތަކަށްވެސް މިހާރު ވަނީ އަންގާފައެވެ. މަޖިލިސް މީޑިއާ ވައިބަރ ގްރޫޕްގައި ބުނެފައިވަނީ މާދަމާ 4 ޖުލައި 2017 ވާ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ އަށްވަނަ ޖަލްސާ ކެންސަލް ކުރައްވައިފި ކަމަށާއި ދެން މަޖިލީހުގެ ޖަލްސާ އޮންނާނެ ތާރީހެއް ފަހުން ދަންނަވާނެ ކަމުގައި ދަންނަވަން މަޖިލީހުގެ ރައީސް ވިދާޅުވި ކަމަށެވެ.

ތަފްސީލް އަންނަނީ ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް