ކުރީގެ ޑިފެންސް މިނިސްޓަރު ކަނަލް ނާޒިމްގެ ކޮއްކޮ އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްގެ މައްޗަށް ދައުވާ ކުރަން ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި އެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ދެއްކި ވާހަކައަކާއި ގުޅިގެން އާޒިމް ހައްޔަރު ކުރީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު އެވެ. އޭނާ ދޫކޮށްލީ އޭގެ ހަ ދުވަސް ފަހުން ޖޫން 14 ޖޫން ގައި އެވެ. ފުލުހުން ތުހުމަތުކޮށްފައިވަނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން ހިތްވަރު ލިބޭގޮތަށް އެރޭގެ ޕްރޮގްރާމްގައި ވާހަކަދައްކަވާފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ އާޒިމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ހުށަހެޅި މައްސަލައިގަ ދައުވާ ނުކުރުމަށް ނިންމާ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެ މައްސަލަ އަނބުރާ ފޮނުވާލައިވާ ކަމަށެވެ.
ޕީޖީ އޮފީހުން މިހެން ބުނެފައިވަނީ އާޒިމްގެ ގާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ޕީޖީ އޮފީހަށް ފޮނުވި ސިޓިއެއްގެ ޖަވާބުގައި އެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލަ ފުލުހުން އަޒިމްގެ މައްޗަށް ދައުވާ ކުރަން އޭނާ ދޫކޮށްލި ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް