ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ، 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅައިފި އެވެ.
45 މެމްބަރުންގެ ސޮޔާއެކު މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައިވާއިރު މިއީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދި ތިންވަނަ ފަހަރެވެ. ފުރަތަމަ ހުށަހެޅީ މާރިޗް 8 ގަ އެވެ. އެފަހަރު ހުށަހެޅީ 26 މެމްބަރުންގެ ސޮޔާއި އެކުގަ އެވެ. ދެން ހުށަހެޅީ ޑިސެމްބަރު 31ގަ އެވެ. އެފަހަރު ހުށަހެޅީ 31 މެމްބަރުންގެ ސޮޔާއި އެކުގަ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދި އިރު ވެރިކަންކުރާ ޕާޓީގެ ނުވަ މެމްބަރަކު ސޮއި ކުރައްވާފައި ވެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އެވެ.
ތަފްސީލް އަންނަނީ ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް