ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވައްދާނެ ކަމުގެ އަޑު ގަދަވެފައިވާއިރު 45 މެމްބަރުންނަށްވުރެ މަދު ނޫން އަދަދަކަށް ސޮޔާއެކު އެ މައްސަލަ މިއަދު މަޖިލީހަށް ވައްދާނެ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.
އިތުބާރުހުރި މަސްދަރަކުން ދުވަހަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިއަދު އެ މައްސަލަ ވެއްދުމަށް ނިންމާފައިވާއިރު 45 އަށްވުރެ މަދު ނޫން އަދަދަކަށް ސޮއި ހިމެނޭ ކަމަށެވެ. އަދި އޭގެ ތެރޭގައި ވެރިކަންކުރާ ޕާޓީ ޕީޕީއެމް މެމްބަރުންގެ އަދަދު ގިނަ ކަމަށެވެ. އަދި މިކަމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމުގައިވެސް މައުލޫމާތު ލިބެ އެވެ.
ދުވަހަށް މިފަދަ ގޮތަކަށް މި މައުލޫމާތު ލިބިފައިވާއިރު އިދިކޮޅު ފަރާތްތަކުގެ ބަސްމަގުވެސް މި ފަހަކަށް އައިސް ހުރީ މިފަދަ ގޮތަކަށެވެ. އަދި ވެރިކަންކުރާ ޕާޓީގެ މެމްބަރުންގެ މެދުގައި ކަންތައްތަކެއް އުޅޭކަން ފަހަކަށް އައިސް ވަނީ ތިލަވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް