ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވަނީ، ޑރ ނިޔާފާއި އެޗްޕީއޭގެ އިރުޝާދަކީ މިއީ!

ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވެގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެ އޮތޯރިޓީން ބުނީ މިދިޔަ ތިން ދުވަހު ގިނަ އަދ...

03 Jul 2017 | 02:55

ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވެގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެ އޮތޯރިޓީން ބުނީ މިދިޔަ ތިން ދުވަހު ގިނަ އަދަދަކަށް މީހުން ހޮޑުލާ ބޭރަށް ހިންގާތީ ޑޮކްޓަރަށް ދައްކާފައިވާކަމަށެވެ. އެހެންކަމުން މިކަމަށް ސަމާލުކަންދީ ސިއްހީ ގޮތުން ރަނގަޅު ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރެ އެވެ.

ގިނައިން މިކަން ދިމާވަމުންދަނީ ކުޑަކުދިންނަށެވެ. އެހެންވެ އެޗްޕީއޭ އާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފު ވަނީ ބެލެނިވެރިން ސަމާލުކަން ދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާ ކޮށްފައި އެވެ.

ޑރ ނިޔާފް ވިދާޅުވީ ޑައިރިއާ ޖެހިގެންނާއި ހޮނޑުލުމުގެ މައްސަލަ ދިމާވާތީ ގިނަ އަދަދެއްގެ ކުޑަކުދިން ފަރުވާއަށް އެދެމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ. އޭނާ  ވިދާޅުވީ ކުޑަކުދިންގެ ކިބައިން ބަލީގެ އަލާމާތްތަކުގެ ގޮތުގައި ފެންނާނީ ރޯއިރު ކަރުނަ އައުން މަދުވުމާއި، ކުޑަކަމު ދިއުން މަދުވުން ފަދަ ކަންކަމެވެ.

މީގެ އިތުރުން ހުރިހާ އުމުރު ފުރާއެއްގެ މީހުން ބަލިން ރައްކާތެރިވުމަށް އެންމެ ބޮޑަށް ސަމާލުކަން ދޭންވީ ސާފުތާހިރު ކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އަތް ސާފުކޮށް ދޮވުން، ފެނާއި ކާނާ ސާފުތާހިރުކޮށް ގެންގުޅުން، ސާފު ބޯފެން ބުއިމުގެ އިތުރުން ގިނައިން ދިޔާ އެއްޗެހި ބުއިން މުހިންމު ކަމަށް ޑރ ނިޔާފު ވިދާޅުވި އެވެ.

އޭޑީކޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން ހޮނިހިރު ދުވަހު އެކަނިވެސް ހޮޑުލާ، ބޭރަށް ހިންގާތީ 56 މީހަކު އެ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވެ އެވެ.

ޑައިރިއާ ޖެހިއްޖެނަމަ އާދަޔާ ހިލާފަށް ބޭރަށް ހިންގާނެ އެވެ. އަދި އާދަޔާ ހިލާފަށް ބޮޑުކަމުދެވުމުގެ ސަބަބުން ހަށިގަނޑުން ފެންމަދުވާ ގޮތް މެދުވެރިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް