ސަޢުދީ ރަސްގެފާނަކީ އިލާހެއްކަމަށް ސިފަވާގޮތައް ކޮލަމެއް ލިޔުނު މީހަކު ސަސްޕެންޑުކޮށްފި

ސަޢުދި ޢަރަބިއްޔާގެ ރަސްގެފާނު، ސަލްމާންއަކީ އިލާހެއްކަމަށް ސިފަވާގޮތައް ބަސްމަގުތައް ބޭނުންކޮށްގެން ކޮލަމެއް ލިޔުނު މީހަކު ސަސްޕެންޑުކޮށްފި އެވެ. ސަޢުދީގެ ނޫހެއްކަމަށްވާ އަލް ޖަޒިރަޙްގައި، ރަމަދާން އ...

03 Jul 2017 | 01:21

ސަޢުދި ޢަރަބިއްޔާގެ ރަސްގެފާނު، ސަލްމާންއަކީ އިލާހެއްކަމަށް ސިފަވާގޮތައް ބަސްމަގުތައް ބޭނުންކޮށްގެން ކޮލަމެއް ލިޔުނު މީހަކު ސަސްޕެންޑުކޮށްފި އެވެ.

ސަޢުދީގެ ނޫހެއްކަމަށްވާ އަލް ޖަޒިރަޙްގައި، ރަމަދާން އަލް އަންޒީ ކިޔާ މީހަކު ލިޔެފައިވާ އެ ކޮލަމުގައި ސަޢުދީގެ ރަސްގެފާނަށް ސަނާ ކިޔަމުން ގޮސް ހަމައެކަނި ﷲ އަށް ސިފަކޮށް ބޭނުންކުރެވޭ ބަސްތައް ބޭނުންކޮށްފައިހުރިކަމަށް ސަޢުދީ މީޑިއާއިން ބުނެ އެވެ.

އަންޒީ ސަސްޕެންޑުކުރީ ރަސްގެފާނު ސަލްމާންގެ އަރިހަށް އެ ޚަބަރު ލިބުން، އެ މަނިކުފާނުގެ ޚާއްޞަ އެއްގެވުމުގެ މަތިންކަމަށްވެސް ސަޢުދީ މީޑިއާއިން ބުނެ އެވެ.

އަންޒީ ކޮލަމުގައި ބޭނުންކޮށްފައިހުރި ބަސްމަގަށް އަލް ޖަޒިރަޙް ނޫހުންވަނީ މިހާރު މަޢާފަށްއެދި ބަޔާނެއް ނެރެފަ އެވެ.

ސަޢުދީ މީޑިއާއިން އިތުރަށް ބުނީ ސަޢުދީ ސަރުކާރުން އެ ނޫހާއިމެދުވެސް ފިޔަވަޅު އެޅުމަށް މިހާރު ނިންމާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް