ޓްރަމްޕް "ސީއެންއެން" ގައިގަ ތަޅާ ވީޑިއޯއެއް ޓުވީޓުކޮށްފި

ބައިނަލްއަޤުވާމީ ނިއުސް މީޑިއާ "ސީސީއެން" ގެ ގައިގަ ތަޅާ މަންޒަރު ދައްކުވައިދޭ އެޑިޓްކޮށްފައިވާ ވީޑިއޯއެއް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެބޭފުޅާގެ އޮފިޝަލް ޓްވިޓާގައި ޓްވީޓްކޮށްފި އެވެ. އެ ވީޑ...

03 Jul 2017 | 01:19

ބައިނަލްއަޤުވާމީ ނިއުސް މީޑިއާ "ސީސީއެން" ގެ ގައިގަ ތަޅާ މަންޒަރު ދައްކުވައިދޭ އެޑިޓްކޮށްފައިވާ ވީޑިއޯއެއް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެބޭފުޅާގެ އޮފިޝަލް ޓްވިޓާގައި ޓްވީޓްކޮށްފި އެވެ.

އެ ވީޑިއޯ އަސްލު ނަގާފައިވާނީ 2007 ވަނަ އަހަރު ޓްރަމްޕް ފެނިގެންދިޔަ ޑަބްލިއުޑަބްލިއުއީ އިވެންޓުގަ އެވެ. ވީޑިއޯގައި އަސްލުއިން ތަންކޮޅަކީ އެ އިވެންޓުގެ ތެރެއިން ޑްރަމްޕް، ފްރެންޗައިޒް އޯނާރ ވިންސް މެކްމަހޮން ގައިގައި ތަޅައިގެން މަންޒަރެވެ.

އެޑިޓްކޮށްފައި އިން ވީޑިއޯގައި ވިންސްގެ މޫނުމަތީގައިވަނީ ސީއެންއެންގެ ލޯގޯ ބައިންދާފަ އެވެ. އަދި އެ ޓްވީޓްގައި ސީއެންއެންއަކީ ދޮގު ޚަބަރު ފަތުރާ ފަރާތެއްކަމަށް ބުނެފައިވެ އެވެ.

އެޑިޓްކޮށްފައިން އެ ވީޑިއޯއަކީ ޢާންމުންގެ މީހަކު ތައްޔާރުކޮށް މީގެ ހަފްތާއެއްކުރިން ޝޯޝަލް މީޑިއާ ނެޓްވޯރކް ރެޑީޓްގައި ޝަޢިއުކޮށްފައިވާ ވީޑިއޯއެކެވެ.

ސީއެންއެންއިން ވަނީ ޓްރަމްޕްގެ އެ ޓްވީޓަށް ރައްދުދީ، ޓްރަމްޕް މީޑިއާގެ މިނިވަންކަމަށް ހުރަސްއަޅާއި މީޑިއާތަކަށް ފުރައްސާރަކުރަމުންދާކަމަށް ބުނެފަ އެވެ.

https://twitter.com/realDonaldTrump/status/881503147168071680

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް