މަޝްޙޫރު އިނގެރޭސި ލަވަކިޔުންތެރިޔާ އެޑެލް ލަންޑަނުގެ ވެންބްލޭ ސްޓޭޓިއަމްގައި ބާއްވަން އުޅުނު އޭނާގެ ވޯލްޑުއާގެ ފަހު ދެ ޝޯ ކެންސަލުކޮށްފި އެވެ.
އެޑެލް އެ ދެ ޝޯ ކެންސަލްކުރީ އެނާގެ ވޯކަލް ކޯޑު ހަލާކުވެ، ޚާއްޞަ ޞިއްޚީ ފަރުވާ ހޯދަންޖެހުމުގެ ސަބަބުންނެވެ.
ލަންޑަނަށް އުފަން އެޑެލް ކުރި ޓްވީޓެއްގައި އޭނާ ބުނީ މިއަންނަ އާދިއްތަ އަދި ހޯމަ ދުވަހު ބާއްވަން އުޅުނު ޝޯ ކެންސަލްކުރަންޖެހުމުން ވަރަށް ބޮޑަށް ދެރަވެއްޖެކަމަށެވެ.
29 އަހަރުގެ އެޑެލް އިތުރަށްބުނީ މިޙަފްތާގައި ވެންބްލޭގައި ބޭއްވި ދެ ޝޯ ވަރަށް ފުރިހަމަކަމަށާއި އަދި އެއީ އޭނާގެ މުޅި ހަޔާތުގައިވެސް ދެވުނު އެންމެ ފުރިހަމަ ދެ ޝޯކަމަށެވެ.
ޝޯ ކެންސަލު ކުރަންޖެހުމުން އެޑަލްވަނީ އޭނާގެ ފޭނުންގެ އަރިހުން ނިހާޔަތައް މަޢާފަށްވެސް އެދިފަ އެވެ. އަދި ޝޯ ކުރިއަށް ގެންދާނެ ތާރީޚެއް ފަހުން ކަނޑަ ނޭޅިއްޖެނަމަ ފޭނުންނަށް ރީފަންޑުކޮށްދޭނެ ކަމަށްވެސް އެޑަލް ބުނެފައިވެ އެވެ.
މީގެ ކުރިންވެސް 2011 ވަނަ އަހަރު އެޑެލްއަށް ވޯކްލަ ކޯޑްސްގައި މައްސަލަޖެހިގެން ސާޖަރީއެއްވެސް ކޮށްފައިވެ އެވެ.
އެޑެލްގެ ވޯލްޑް ޓުއާގައި ހިމެނޭ ޖުމުލަ 123 ޝޯގެ ތެރެއިން މިހާރުވަނީ 119 ޝޯ ހުށަހަޅާދީފަ އެވެ. އެޑަލް އޭނާގެ ވޯލްޑު ޓުއާގެ ފުރަތަމަ ޝޯ ބޭއްވީ ބެލްފެސްޓުގައި މިދިޔަ އަހަރު ފެބްރުއަރީ މަހުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް