ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ޓީނޭޖް ހޯދައިފި

މި އަހަރުގެ ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ޓީނޭޖް ހޯދައިފި އެވެ. ޗެމްޕިއަންކަން ހޯދާފައިވަނީ އޮއެހާ ސްޕޯޓްސް އާއި ވާދަކޮށް މޮޅުވެގެންނެވެ. ފޯރިގަދަ ފައިނަލްމެޗް ނިމިގެން ދިޔައީ  ދެގޭމް އެއް...

02 Jul 2017 | 23:33

މި އަހަރުގެ ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ޓީނޭޖް ހޯދައިފި އެވެ. ޗެމްޕިއަންކަން ހޯދާފައިވަނީ އޮއެހާ ސްޕޯޓްސް އާއި ވާދަކޮށް މޮޅުވެގެންނެވެ.

ފޯރިގަދަ ފައިނަލްމެޗް ނިމިގެން ދިޔައީ  ދެގޭމް އެއްވަރުވުމާއެކު ގަދަހިފުމަކަށް ގޮސްގެންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކީ ކްލަބް ޓީނޭޖްގެ ޙުސައިން ރަޝީދެވެ. މީ ބައިބަލާ މުބާރާތުގެ ތަށި ޓީނޭޖް އުފުލާލި 3 ވަނަ ފަހަރެވެ. އަދި މިފަހަރުގެ ތަށްޓަކީ 13 އަހަރަށްފަހު ކްލަބް ޓީނޭޖް ހޯދި ފުރަތަމަ ތަށިވެސްމެއެވެ.

ކްލަބް ޓީނޭޖް މި އަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި ޒެފްރޯލްގެ މައްޗަށް ކުރިހޯދައިގެންނެވެ. އޮއެހާ ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި ހުޅުމާލޭ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ. މިއަހަރުގެ މިސްޓަރ ބައިބަލާއަކަށް ހޮވުނީ މިދިޔަ އަހަރުވެސް އެމަޤާމް ޙާސިލްކުރި އޮއެހާ ސްޕޯޓްސް ކްލަބްގެ އަސްލަމް ވާޙިދެވެ.

މިއަހަރުގެ ބައިބަލާ މުބާރާތުގެ މޮޅު 5 ކުޅުންތެރިންނަކީ   ޗެމްޕިއަން ޓީނޭޖްގެ އަޙްމަދު މުޙައްމަދު، ޙުސައިން ރަޝީދު، ރަނަރއަޕް އޮއެހާ ސްޕޯޓްސް ކްލަބްގެ ޢަބްދުﷲ ޝާފިއު، ހުޅުމާލެ ސްޕޯޓްސް ކްލަބްގެ އަފްޝީން ހާޝިމް އަދި ކްލަބް ޒެފްރޯލްގެ އިބްރާހީމް ޝަދޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް