ފޭސްބުކް ޕޭޖް ލޯޑް ނުވެގެން އަމީތާބު ބޯގޮވައިފި !

ބޮލީވުޑް މެގަ ސްޓާ އަމީތާބު ބަޗަން އޭނާގެ ފޭސްބުކް ފޭން ޕޭޖް އެއްކޮށް ލޯޑް ނުވާކަމަށްބުނެ ޓްވިޓާގައި ޝަކުވާ އުފުލައިފި އެވެ. ހޮނިހިރު ދުވަހު އަމީތާބު އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓ...

02 Jul 2017 | 22:44

ބޮލީވުޑް މެގަ ސްޓާ އަމީތާބު ބަޗަން އޭނާގެ ފޭސްބުކް ފޭން ޕޭޖް އެއްކޮށް ލޯޑް ނުވާކަމަށްބުނެ ޓްވިޓާގައި ޝަކުވާ އުފުލައިފި އެވެ.

ހޮނިހިރު ދުވަހު އަމީތާބު އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖްގައި ސްޓެޓަސް އަޕްޑޭޓް ކުރަން ބޭނުންވާ ކަމަށާއި ނަމަވެސް ޕޭޖް އެއްކޮށް ލޯޑް ނުވާ ކަމަށެވެ. ޕޭޖް އެއްކޮށް ނުހުޅުވެނީ ކީއްވެ ކަމާއިމެދު އަމީތާބުވަނީ ސުވާލު އުފައްދާފަ އެވެ.

ހަމަ މި މައްސަލައިގާ ޖޫން މަހުގެ 25ގައިވެސް އަމީތާބު ވަނީ ޓްވީޓެއް ކޮށްފަ އެވެ. އެ ޓްވީޓްގައި އަމީތާބު ބުނެފައިވަނީ ފޭސްބުކް ޕޭޖް ލޯޑުނުވާ މައްސަލަ ރިޕޯޓްކުރަން ޓްވިޓާ ބޭނުންކުރަން ޖެހުމަކީ ދެރަކަމެއް ކަމަށެވެ.

ޓްވިޓާ އަދި ފޭސްބުކްގައި އަމީތާބުގެ 27 މިލިޔަން ފޮލޯވާސް ތިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް