އިންޑިއާއަށް ކުރަމުންދާ ވިއްސާރައިގާ ހަތަރު މީހަކު މަރުވެއްޖެ

އަވަށްޓެރި އިންޑިއާއަށް މިހާރު ކުރަމުން އަންނަ މޫސުމީ ވިއްސާރައިގާ ހަތަރު މީހަކު މަރުވެފައިވާކަމުގައި އެގައުމުގެ ނޫސްތަކުން ބުނެފި އެވެ. އިންޑިއާގެ ނޫސްތަކުގައިވާގޮތުގައި މަނިޕޫރާއި އަރޫޗަނަލް ޕްރަދޭޝ...

02 Jul 2017 | 22:28

އަވަށްޓެރި އިންޑިއާއަށް މިހާރު ކުރަމުން އަންނަ މޫސުމީ ވިއްސާރައިގާ ހަތަރު މީހަކު މަރުވެފައިވާކަމުގައި އެގައުމުގެ ނޫސްތަކުން ބުނެފި އެވެ.

އިންޑިއާގެ ނޫސްތަކުގައިވާގޮތުގައި މަނިޕޫރާއި އަރޫޗަނަލް ޕްރަދޭޝްގައި ވިއްސާރައިގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސްފައި ވެ އެވެ. ހަތަރު މީހަކު މަރުވެފައިވަނީ ރާޖަސްތާންގަ އެވެ. މީގެ އިތުރުން ހިމާޗަލް ޕްރަދޭޝަށްވެސް ވިއްސާރައިގެ އަސަރު ކުރަމުން އަންނަ ކަމުގައި އިންޑިއާގެ ނޫސްތަކުގައި ވެ އެވެ.

ނޫސްތަކުގައި އިތުރަށް ބުނެފައިވާގޮތުގައި ވިއްސާރައާއި ގުޅިގެން 300 އަށްވުރެ ގިނަ އާއިލާ ވަނީ ވަގުތީ ކޭމްޕްތަކަށް ބަދަލުވެފަ އެވެ.

މޫސުމީ ވިއްސާރައިގާ އިންޑިއާއިން ހަތަރު މީހަކު މަރުވެފައިވާއިރު ޕާކިސްތާނުގައި ފެންބޮޑުވެ 12 މީހަކު މަރުވެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް