ލަންކާގައި ޑެންގޫ ބަލީގައި މި އަހަރުތެރޭގައި 200 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އެ ބަލީގެ އަސްލުކަމުގައިވާ މަދިރި ނައްތާލުމަށް ސްރީލަންކާގެ ސިފައިންގެ ފައުޖުތައް ނިކުމެއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ލަންކާއިން ވަނީ މިކަމަށް އެތައް ސަތޭކަ ސިފައިންގެ މައްޗަށް އެކުލެވޭ ފައުޖެއް އެކުލަވާލާފަ އެވެ.
ލަންކާ ސިފައިން ފެށި މި އޮޕަރޭޝަނާއި ބެހޭގޮތުން އަސްކަރިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަދިރި ނައްތާލުމުގެ މަސައްކަތް ކުރިއަށްގެންދާނީ ފުލުހުންނާއި ގުޅިގެން ކަމަށެވެ. އެގޮތުން މަދިރި އާލާވާ ކަމަށް ބެލެވޭ ތަންތަނަށް ސްޕްރޭ ކުރުން ހިމެނޭ ކަމުގައި ލަންކާ ސިފައިން ބުނެފައިވެ އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ލަންކާގައި 71 ހާސް މީހަކަށް ޑެންގޫ ބަލި ޖެހިފައި ވެ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު އެ އަދަދު އުޅެނީ 55 ހާހުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް