ސީރިޔާގެ ވެރިރަށް ދިމިޝްޤްގައި މީހަކު ޖާނުންފިދާވެ ދިން ހަމަލާއެއްގައި 18 މީހަކު މަރުވެ 15 މީހަކު ޒަހަމްވެއްޖެ އެވެ.
މެދުއިރުމަތީގެ މަސްރަހު މޮނީޓަރ ކުރަމުން އަންނަ ޖަމާއަތެއް ކަމުގައިވާ ދަ ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސް އިން ހާމަކޮށްފައިވާގޮތުގައި އެ ހަމަލާ ދީފައިވަނީ ދިމިޝްޤްގެ ތަގްރީރް ސްކޮޔާ ހިމެނޭ ސަރަހައްދަށެވެ. ހަމަލާގައި ބައެއް އާއްމުންނާއި ސިފައިންގެ މީހުން މަރުވެފައި ވެ އެވެ.
މި ހަމަލާގެ ޒިންމާ އަދދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ.
ސީރިޔާގެ ދާހިލީ ހަނގުރާމަ އަހަރުތަކަކަށް ދެމިގެން ގޮސްފައިވާއިރު ޖާނުން ފިދާވުމުގެ މިފަދަ ހަމަލާތަކަކީ ސީރިޔާގައި އާންމުވެފައިވާ ކަންކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް