މޯސުލްގައި އައިއެސްގެ ކޮންޓްރޯލް އޮތް ހޮސްޕިޓަލަކުން އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން ފައްސާލައި އެ ހޮސްޕިޓަލު އިރާގު ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފި އެވެ.
އިރާގު ސިފައިންގެ ފައުޖުތައް މޯސުލްގައި އައިއެސް ޖަމާއަތާއި ހަނގުރާމަކުރަމުން އަންނަތާ އަށް މަސް ވެފައިވާއިރު ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި ވެ އެވެ.
އިރާގު ސިފައިން ހާމަކޮށްފައިވާގޮތުގައި ހޮސްޕިޓަލަކާއި އެ ހޮސްޕިޓަލުގެ ބްލަޑް ބޭންކްގެ އިތުރުން ކްލިނިކެއް އިރާގު ސިފައިންގެ ކޮންޓްރޯލް ދަށަށް ގެނެވިފައި ވެ އެވެ.
ނިމިދިޔަ ހަފްތާގައި އިރާގު ސިފައިންވަނީ މޯސުލްގެ އަލް ނޫރީ މިސްކިތުން އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން ފައްސާލައި އެ މިސްކިތް ހިމެނޭ ސަރަހައްދުގެ ކޮންޓްރޯލްވެސް ހޯދާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް