އިޒްރޭލުން އަނެއްކާވެސް ޚާލިދާ ހައްޔަރުކޮށްފި

އިޒްރޭލު ސިފައިން، ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމުގައިވާ ޚާލިދާ ޖައްރާރު އަނެއްކާވެސް ހައްޔަރުކޮށްފި އެވެ. މި ފަހަރުވެސް ޚާލިދާ ހައްޔަރުކޮށްފައިމިވަނީ ޓެރަރިސްޓް ޖަމާއަތްތަކާއި ގުޅ...

02 Jul 2017 | 21:30

އިޒްރޭލު ސިފައިން، ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމުގައިވާ ޚާލިދާ ޖައްރާރު އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

މި ފަހަރުވެސް ޚާލިދާ ހައްޔަރުކޮށްފައިމިވަނީ ޓެރަރިސްޓް ޖަމާއަތްތަކާއި ގުޅުން އޮންނަ ކަމަށް ބުނެ އެވެ.

އިޒްރޭލު ސިފައިން ހާމަކޮށްފައިވާގޮތުގައި އުމުރުން 54 އަހަރުގެ ޚާލިދާ ހައްޔަރުކޮށްފައިވަނީ ވެސްޓް ބޭންކްގެ ރާމަﷲ ސަރަހައްދުން އިއްޔެގެ ވަގުތެއްގަ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ބެހެއްޓުމަށްފަހު އިޒްރޭލުން ޚާލިދާ މިނިވަންކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް