ލުބުނާނުގެ ބެކާ ވެލީގައި ގާއިމްކޮށްފައިވާ ސީރިޔާގެ ރެފިއުޖީ ކޭމްޕެއްގައި އަލިފާން ރޯވެ އެކަކު މަރުވެއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އިއްޔެ ހިނގި މި ހާދިސާގައި އެ ރެފިއުޖީ ކޭމްޕް އެއްގޮތަކަށްވެސް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާ ހުލިވެފަ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ ހޫނުގަދަވުންކަމުގައިވުން އެކަށީގެންވާކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. މި ހާދިސާގައި އެ ކޭޕްގެ 100 އަށްވުރެ ގިނަ ޓެންޓް އަނދާ އަޅިއަށްވެފައިވާއިރު އެ ކޭމްޕަކީ 97 އާއިލާއަކަށް ނިސްބަތްވާ 700 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދިޔަ ކޭމްޕެއްކަމުގައި މީޑިއާ ރިޕޯޓްތަކުގައި ވެ އެވެ.
ސީރިޔާގައި މެދުކެނޑުމެއްނެތި ހިނގަމުން އަންނަ ދާހިލީ ހަނގުރާމައާއި ގުޅިގެން އެތައް މިލިޔަން ބަޔަކު އެ ގައުމު ދޫކޮށް ހިޖުރަކޮށްފައިވާއިރު އޭގެތެރެއިން މިލިޔަނެއްހާ މީހުން ދިރިއުޅެމުން އަންނަނީ ލުބުނާނުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް