މާދަމާއަކީ 1440 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން މިރޭ ކަނޑައަޅައިފިއެވެ.
މިގޮތަށް ކަނޑައަޅާފައިވަނީ ހަނދު ސާބިތު ކުރުމަށްޓަކައި އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ބައްދަލުވުމަށްފަހު އިއްވި ބަޔާނުގައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އިސްލާމީ ބައެއް ޤައުމުތަކަށް މިރޭ ހަނދު ފެނިފައިވާތީ މާދަމައަކީ މި އަހަރުގެ ފިޠުރު ޢީދު ދުވަސް ކަމުގައި ކަނޑައަޅާ ކަމަށެވެ. އަދި މިގޮތަށް ކަނޑައެޅި މިއީ ރާއްޖޭގައި މިހާތަނަށްވެސް އަމަލުކުރާ އުސޫލުގެ މަތިން ކަމުގައިވެސް ބުނެފައިވެއެވެ.
މި އުފާވެރި ހަބަރާއެކު ދުވަހުގެ ކިޔުންތެރިންނާއި ރާއްޖޭގެ އެންމެހާ ލޮބުވެތި އަހުންނާއި އުހްތުންނަށް އުފާވެރި ފިޠުރު ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް