ރައްޔިތުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ފަސް މެމްބަރެއް ކަނޑައަޅައިފި

ރައްޔިތުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ފަސް މެމްބަރެއް ކަނޑައަޅައިފިއެވެ. ރިޔާސަތު ބަލަހައްޓަން ކަނޑައެޅާފައިވާ ފަސް މެމްބަރުންނަކީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފާއި، އައްޑޫ މަރަދޫ ދާއިރ...

03 Jun 2019 | 09:32

ރައްޔިތުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ފަސް މެމްބަރެއް ކަނޑައަޅައިފިއެވެ.

ރިޔާސަތު ބަލަހައްޓަން ކަނޑައެޅާފައިވާ ފަސް މެމްބަރުންނަކީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފާއި، އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމް އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ފަސް މެމްބަރުން ކަނޑައަޅާފައިވާއިރު އެ ފަސް މެމްބަރުންނަކީ މަޖިލީހުގައި ތިބި މެމްބަރުންގެ ތެރެއިން މިހާރު އެންމެ ގިނަ ދުވަސްވީ ފަސް މެމްބަރުންނެވެ.

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ކަނޑައަޅާފައިވާ ފަސް މެމްބަރުން ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް މަޖިލީހަށް ހާޒިރު ނުވެވޭ ހާލަތުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް