ވަޅު އީދު ދުވަހުގެ ހަވީރު ވެހިކަލް ދުއްވޭގޮތަށް ބަދަލުގެނެސްފި

ވަޅު އީދު ދުވަހުގެ ހަވީރު ވެހިކަލް ދުއްވޭގޮތަށް ބަދަލުގެނެސްފިއެވެ. މިއަހަރުގެ ފިތުރު އީދު ދުވަހާއި ވަޅު އީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މާލެއާއި ވިލިމާލޭގައި ވެހިކަލް ނުދުއްވޭގޮތައް ކުރިން...

03 Jun 2019 | 08:46

ވަޅު އީދު ދުވަހުގެ ހަވީރު ވެހިކަލް ދުއްވޭގޮތަށް ބަދަލުގެނެސްފިއެވެ.

މިއަހަރުގެ ފިތުރު އީދު ދުވަހާއި ވަޅު އީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މާލެއާއި ވިލިމާލޭގައި ވެހިކަލް ނުދުއްވޭގޮތައް ކުރިން ނިންމާފައިވަނިކޮށް ޓްރާންސްޕޯޓް އޮތޯރިޓީއިން އިއްޔެ ބުނެފައިވަނީ ވެހިކަލް ނުދުއްވޭނީ ހަމައެކަނި އީދު ދުވަހުގެ ހަވީރު ކަމަށެވެ.

މިގޮތައް ނިންމާފައިވާއިރު، މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ މި ވަގުތުތަކުގައި ޕަބްލިކް ޓްރާންސްޕޯޓް ފޯރުކޮށްދޭ އުޅަނދުތައް އަދި ސިޓީ ކައުންސިލުގެ ހުއްދަ ހޯދާފައިވާ ފަރާތްތަކަށް ދުއްވޭނެ ކަމަށެވެ.

މީގެއިތުރުން ޓްރާސްޕޯޓް އޮތޯރިޓީއިން ބުނެފައިވަނީ އެ ވަގުތުތަކުގައި ދުއްވާ ފަރާތްތަކުން އުޅަނދުތައް ދުއްވަން ޖެހޭނީ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ހުއްދަ އެ އުޅަނދެއްގައި ހަރުކޮށްގެން ކަމަށާއި އަދި އެންގުމާއި ހިލާފަށް އުޅޭ ފަރާތްތަކުން 750 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް