އިންޑިއާގެ އެހީގައި ފެހެންދޫ ދަރިވަރުންނަށް ފެރީއެއް ހޯދައިދެނީ

ބ. ފެހެންދޫގައި ދިރިއުޅޭ، އެ އަތޮޅު ގޮއިދޫ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުން ގޮއިދޫއަށް ދަތުރުކުރަން ބޭނުންކުރާނެ ފެންވަރު ރަނގަޅު ފެރީއެއް އިންޑިއާގެ އެހީގައި ހޯދުމަށް ނިންމައިފިއެވެ. ރާއްޖޭގެ އިޖުތ...

03 Jun 2019 | 08:33

ބ. ފެހެންދޫގައި ދިރިއުޅޭ، އެ އަތޮޅު ގޮއިދޫ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުން ގޮއިދޫއަށް ދަތުރުކުރަން ބޭނުންކުރާނެ ފެންވަރު ރަނގަޅު ފެރީއެއް އިންޑިއާގެ އެހީގައި ހޯދުމަށް ނިންމައިފިއެވެ.

ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ބޭނުންކުރުމަށް 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިން، ދެ ރަށް ދޭތެރޭގައި ދަތުރުކުރުމަށް ފެންވަރު ރަނގަޅު ފެރީއެއް ހޯދުމަށް ވަނީ 1.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އާބާދީ ކުޑަވުމުގެ ސަބަބުން ބ. ފެހެންދޫ ސްކޫލް ބަންދުކޮއްފައިވުމުން، ސްކޫލަށް ދިއުމަށް ފެހެންދޫގެ ދަރިވަރުން ގޮއިދޫއަށް ދަތުރު ކުރަނީ ކުޑަ ޑިންގީއެއްގައެވެ. މި ޑިންގީ ހަމަޖައްސާފައިވަނީ އެ ރަށު ކައުންސިލް އަދި ދަރިވަރުންގެ ބެލެނިވެރިން ގުޅިގެންނެވެ.

ރާއްޖޭގެ އިޖުތިމާއީ ދާއިރާގެ މަޝްރޫއުތަކަށް ހަރަދުކުރުމަށް އިންޑިއާ ސަރުކާރުން ދީފައިވާ 106 މިލިއަން ރުފިޔާގެ ހިލޭ އެހީ ބޭނުންކުރާނެ މަޝްރޫއުތައް ކަނޑައަޅަނީ ސަރުކާރުގެ އެކި އިދާރާތައް ހިމެނޭ ގޮތަށް އުފައްދާފައިވާ ކޮމިޓީއަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް