ފޮނަދޫގައި ގާނޫނާ ހިލާފު އަމަލުތައް ކުރަން ބޭނުންކުރި ގެއެއް ރޫޅާލައިފި

ލ. ފޮނަދޫ ވަލުތެރޭގައި ހުރި ގެއެއްގައި ގާނޫނާ ހިލާފު އެކި އަމަލުތައް ކުރަމުން ދާތީ ފޮނަދޫ ކައުންސިލުން އެ ގެ ނަގައިފިއެވެ. ފުލުހުން ބުނެފައިވަނީ އެ ގެއަކީ ހަށި ވިއްކުމާއި، މަސްތުވާތަކެތި ބޭނުން ކުރުމާ...

03 Jun 2019 | 07:22

ލ. ފޮނަދޫ ވަލުތެރޭގައި ހުރި ގެއެއްގައި ގާނޫނާ ހިލާފު އެކި އަމަލުތައް ކުރަމުން ދާތީ ފޮނަދޫ ކައުންސިލުން އެ ގެ ނަގައިފިއެވެ.

ފުލުހުން ބުނެފައިވަނީ އެ ގެއަކީ ހަށި ވިއްކުމާއި، މަސްތުވާތަކެތި ބޭނުން ކުރުމާއި، ރޯދަ މަހު ދުވާލު ކެއުން ފަދަ ބޮޑެތި ކުށްތަކަށް އަރައިގަތުމުގައި ބޭނުން ކުރަމުންދާ ގެއެއް ކަމަށް ބުނެ ކައުންސިލުން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އަދި މިގެ ނެގި ސަރަހައްދުގައި ސެކިއުރިޓީ ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރި ވެފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.

ފޮނަދޫ ކައުންސިލުން ބުނީ މި ގެއަކީ ބަންޑާރަ ބިމެއްގައި ކައުންސިލުގެ އެއްވެސް ހުއްދައެއް ނެތި އަޅާފައިވާ ގެއެއް ކަމަށާއި މިގެ އަޅާފައި ވަނީ ކުރިމަގު އަވަށުގެ ވަލުތެރޭގައި ކަމަށެވެ.

މިފަދަ އަމަލު ހިންގުމަށް އަޅާފައިވާ ގެތައް އަތޮޅުތެރޭ ރަށްތަކުގައި ގިނަ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް