އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ދެ ރަށެއްގައި އައިސް ޕްލާންޓް އެޅުމަށް ހަމަޖައްސައިފިއެވެ.
މި މަޝްރޫއުގެ ދަށުން 25 މެޓްރިކް ޓަނުގެ ދެ އައިސް ޕްލާންޓް މަސްވެރިކަން ކުރާ މީހުންގިނަ ދެ ރަށެއްގައި ބެހެއްޓޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އައިސް ޕްލާންޓްތައް ބެހެއްޓުމުގެ ސަބަބުން އުކާލަންޖެހޭ މަސް މަދުވެ، މަސް ގަންނަ ފަރާތަކަށް ވިއްކާ މަހުގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށެވެ.
އަދި އެ ޕްރޮޖެކްޓްގެ ދަށުން އައިސް ޕްލާންޓް ހިންގުމުގައި ހަރަކާތްތެރިވާ ފަރާތްތައް ތަމްރީނު ކުރެވޭނެކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް