މޯދީ ވަޑައިގަންނަވާތީ ބްރިޖު ބަންދުކުރަން ހަމަޖައްސައިިފި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ވަގުތު ކޮޅަކަށް ސިނަމާލެ ބްރިޖް ބަންދުކުރެވޭނެ ކަމަށް ފުލުހުން ބުނެފިއެވެ. ހެޑް އޮފް މާލޭ ޕޮލިސް، ...

03 Jun 2019 | 06:45

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ވަގުތު ކޮޅަކަށް ސިނަމާލެ ބްރިޖް ބަންދުކުރެވޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

ހެޑް އޮފް މާލޭ ޕޮލިސް، މޫސާ މިއަދު ވިދާޅުވީ ބްރިޖު ބަންދުކުރަން ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 8:30 އާއި 10:00 އާ ދެމެދުގެ ވަގުތަކަށް ކަމަށެވެ.

ހޮނިހިރު ދުވަހު މޯދީ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، އެދުވަހުގެ ސެކިއުރިޓީ ރޭވިފައިވާ ގޮތް ނޫސްވެރިންނާ ހިއްސާކުރައްވަމުން މޫސާ އަލީ ވިދާޅުވީ 12:00 ގައި ސޯސަން މަގުން ފެށިގެން ރައްޔިތުންގެ މަޖިލިސް އިދާރާ ހިމެނޭގޮތަށް ސޯލްޓް ރެސްޓޯރަންޓާއި ހަމައަށް މަގުތައް ބަންދު ކުރެވޭނެ ކަމަށެވެ.

އަދި ދުވަސް ކައިރިވުމުން އެދުވަހު މަގުތައް ބަންދުކުރާނެ ގޮތާއި މަގުތަކުގެ ޗާޓު ޓްވީޓްކޮށް ހިއްސާކުރާނެކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު މޯދީ ރާއްޖެ ވަޑައިގަންނަވާއިރު އެދުވަހުގެ އިރުއޮއްސި 06:45 ގައި ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކުރައްވަންވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް