ގެސްޓް ހައުސްއެއްގައި ޒުވާނަކު މަރުވި މައްސަލައެއް ބަލަން ފަށައިފި

މާފަންނުގައި ހުންނަ ގެސްޓްހައުސްއެއްގައި ދިވެހި ޒުވާނަކު މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާގޮތުގައި މި މައްސަލައަކީ މާފަންނު ވިކްޓްރީ ހައުސް ނަމަކަށްކިޔާ ގެ...

03 Jun 2019 | 05:12

މާފަންނުގައި ހުންނަ ގެސްޓްހައުސްއެއްގައި ދިވެހި ޒުވާނަކު މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާގޮތުގައި މި މައްސަލައަކީ މާފަންނު ވިކްޓްރީ ހައުސް ނަމަކަށްކިޔާ ގެސްޓްހައުސްއެއްގައި އުމުރުން 24 އަހަރުގެ ފިރިހެނަކު މަރުވި މައްސަލައެކެވެ.

ފުލުހުންނަށް މިކަން ރިޕޯޓްކޮށްފައިވަނީ 4:30 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އެމީހާ ހާލު ދެރަވެގެން އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި އައިޖީއެމްއެޗަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މި މައްސަލަ ފުލުހުން ތަހްގީގު ކުރަނީ މިކަމުގައި ޝައްކު ކުރެވޭ ކަންކަން ހުރުމުންނެވެ. މި ކަމުގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް