އަދީބު ދޫނިދޫ ޖަލަށް ބަދަލުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މާފުށީ ޖަލުގައި ބެހެއްޓުމަށް ފަހު އަނެއްކާވެސް ދޫނިދޫ ޖަލަށް ބަދަލު ކޮށްފި އެވެ. އެކަން ހާމަކުރެއްވީ އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓުވީޓެއްގައި ...

03 May 2018 | 14:44

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މާފުށީ ޖަލުގައި ބެހެއްޓުމަށް ފަހު އަނެއްކާވެސް ދޫނިދޫ ޖަލަށް ބަދަލު ކޮށްފި އެވެ.

އެކަން ހާމަކުރެއްވީ އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓުވީޓެއްގައި އެވެ. އަދީބު ދޫނިދޫ ޖަލުން މާފުށީ ޖަލަށް އެންމެ ފަހުން ބަދަލު ކުރީ ފެބްރުއަރީ 20 ވަނަ ދުވަހު އެވެ.

ނަޝްވާގެ ޓުވީޓުގައި ވިދާޅުވެފައިވަނީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 46 ވަނަ މާއްދާގެ ދަށުން، މާފުށީ ޖަލަށް އައި ކުއްލި ހާލަތާ ގުޅިގެން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަދީބު ފުލުހުންނާ ހަވާލުކޮށް ދޫނިދު އަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ކުއްލި ހާލަތު ހިންގަނީ އަދީބުގެ މައްޗަށް އެކަނި ތޯ ނަޝްވާ ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި ގިނަ ސިޔާސީ ފަރާތްތަކާއި އޭގެ ކުރިން ޖަލަށް ހުކުމްކޮށްފައިވާ ސިޔާސި އިސްލީޑަރުން ބަންދުގައި ތިއްބެވީ މާފުށި ޖަލުގައި އެވެ.

އަދީބުގެ ގާނޫނީ ޓީމުން އެންމެ ފަހުން ބުނެފައިވާގޮތުގައި އަދީބު މާފުށީ ޖަލަށް ބަދަލު ކުރީ އަބީދުގެ ގޮޅި ބަލާ ފާސްކުރުމަށް ފަހު އެވެ.

ނަޝްވާގެ މިވާހަކަތަކާއި ގުޅޭގޮތުން ކަމާ ބެހޭ ފަރާތްތަކުގެ ބަހެއް އަދި ނުލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް