ކުޑަ އިންޓަރެސްޓް ރޭޓްގެ ލޯނު ހޯދަން އޭޑީބީއާއެކު މަޝްވަރާކޮށްފި

ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ކުޑަ އިންޓްރެސްޓް ރޭޓަކާއި އެކު ލޯނު ހޯދުމާއި ގުޅޭގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އާއެކު މަޝްވަރާކޮށްފި އެވެ. މި މަޝްވަރާތައް ކުރިޔަށްގެންދިޔަ...

03 May 2018 | 08:09

ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ކުޑަ އިންޓްރެސްޓް ރޭޓަކާއި އެކު ލޯނު ހޯދުމާއި ގުޅޭގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އާއެކު މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިޔަށްގެންދިޔައީ އޭޑީބީގެ 51 ވަނަ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ފިލިޕިންސްގެ މެނީލާ އަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިހާރު ކުރައްވަމުންގެންދަވާ ދަތުރުގައެވެ. މި ބައްދަލުވުމުގައި އޭޑީބީގެ  ފަރާތުން ބައިވެރިވެވަޑައިގެންނެވީ ރައީސް ޓެކެހީކޯ ނަކައޯ އެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ބުނީ ކުޑް އިންޓްރެސްޓުގައި ލޯނު ހޯދުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގެ ދެފަރާތުގެ ދެމެދުގައި މަޝްވަރާ ކުރެވުނު ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

އެ ބައްދަލުވުމަށް ފަހު އެ ބޭންކުގެ ނައިބު ރައީސް ވެންކައި ޒަން އާއި ޑިރެކްޓަރު ޖެނެރަލް ހުން ކިމް އާއެކު ވެސް މިނިސްޓަރު ބައްދަލުކުރެއްވި ކަމަށް މިނިސްޓްރީން ބުނެ އެވެ. އެ ބައްދަލުވުމުގައި ރާއްޖެ ފަދަ ކުދި ގައުމުތަކުގެ އިގްތިސާދު ކުރިއަރުވަން އިތުރު ފަންޑު ދެއްވާނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އޭޑީބީ އަކީ މީގެ ކުރިންވެސް ރާއްޖޭގައި ހިންގާފައިވާ ބޮޑެތި ތަރައްގީގެ މަޝްރޫތަކަށް ލޯނާއި ހިލޭ އެހީ ދީފައިވާ ބޭންކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް