މުއާސަލާތީ ކުންފުނި ދިރާގުގެ ފައިބާ ބްރޯޑްބޭންޑު ހިދުމަތާއި ޓީވީގެ ހިދުމަތް އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް ތައާރަފު ކޮށްފި އެވެ.
އެ ދެ ޚިދުމަތް ތައާރަފްކުރުމުގެ ގޮތުން އައްޑޫ އަދި ފުވައްމުލަކުގައިވެސް ދިރާގުން ވަނީ ކުލަގަދަ ހަފްލާއެއް ބާއްވާފައިއެވެ. އެގޮތުން އެ ހަފުލާތަކަށްޒިޔާރަތްކުރި ކަސްޓަމަރުންގެ މެދުގައި ވަނީ ލަކީ ޑްރޯއެއް ބާއްވާ, އަގުހުރި އިނާމްތަކެއް ދީފައި އެވެ.
އެއް ވަނަ އަށް ހޮވުނު މީހާ އަށް 55 އިންޗީގެ ޓީވީއަކާއި ތިން މަސް ދުވަހުގެ ހިލޭ ދިރާގު ޓީވީ އަދި ފައިބާ ބްރޯޑްބޭންޑް ޕެކޭޖެއް ދީފައިވެ އެވެ. އަދި ގުރުއަތުން ހޮވުނު އިތުރު ހަތަރު މީހަކަށް ވެސް ވަނީ ތިން މަސް ދުވަހަށް ދިރާގު ޓީވީ އަދި ފައިބާ ބްރޯޑުބޭންޑް ޕެކޭޖެއް ދީފަ އެވެ.
އެ ދެ ސިޓީއަށް ހިދުމަތްތައް ތައާރަފު ކުރުމަށް ފަހު ވަނީ ޕްރޮމޯޝަނެއް ފަށާއި އެވެ. އެ ޕްރޮމޯޝަނުގެ ދަށުން ފައިބަރ އަދި ދިރާގު ޓީވީ ގެ ހިދުމަތް އެއްވެސް އަގަކާނުލައި ގުޅައި ދިނުމުގެ އިތުރުން ދިރާގު ޓީވީ ބެލުމަށްބޭނުންވާ ޖޯއިބޮސް ހިލޭ ލިބިގެންދާނެ އެވެ.
ދިރާގުގެ ފައިބަ ޓު ދަ ހޯމް މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން އަތޮޅުތެރޭގެ 40 ރަށަކަށް ފޯރުކޮށްދެ އެވެ. އަދި އޭޑީއެސްއެލްގެ ހިދުމަތް ރާއްޖޭގެ އާބާދީ ބޮޑެތި ހުރިހާ ރަށަކުންލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް