ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ދެކޮޅަށް އުފުލާފައިވާ ދައުވާއެއްގެ ޝަރީއަތް މިއަދަށް ތާވަލު ކުރުމަށް ފަހު ކެންސަލް ކޮށްފި އެވެ.
މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތީ އެމަނިކުފާނާއި ދެކޮޅަށް އުފުލާއިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެކެވެ. މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތީ އެ ދައުވާގެ ދެވަނަ އަޑުއެހުމެވެ. އަޑުއެހުން ކެންސަލް ކުރި ސަަބަބު ކްރިމިނަލް ކޯޓުން ހާމައެއް ނުކުރެ އެވެ.
މައުމޫން ވަނީ މި ދައުވާގެ ފުރަތަމަ އަޑު އެހުމުގައި ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އެދިފަ އެވެ. މައުމޫންގެ އާއިލާއިން އިއްޔެ ބުނެފައިވަނީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ރަނގަޅު ނޫން ކަމަށެވެ.
ޓެރަރިޒަމްގެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް ދައުލަތުން މައުމޫންގެ މައްޗަށް ކުރެ އެވެ.
މައުމޫންގެ އިތުރުން މި ދައުވާތައް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށްވެސް ވަނީ އުފުލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް