ފާއިތުވި 11 އަހަރު، ކޮންމެ އަހަރަކު އައިފޯނުގެ ހާއްސަ އެޑިޝަނެއް "ޕްރޮޑަކްޓް ރެޑް" ގެ ނަމުގައި އެޕަލް އިން ނެރެމުން ގެންދެ އެވެ.
މި އަހަރުވެސް މިވަނީ އެޕަލް އައިފޯނު 8 އަދި 8 ޕްލަސްގެ "ޕްރޮޑަކްޓް ރެޑް" ލޯންޗު ކޮށްފަ އެވެ.
ސަޅި ރަތް ކުލައެއްގެ ބިއްލޫރި ބެކް އަކާއި އެކު ނެރެފައިވާ މި ޕްރޮޑަކްޓާއެކު ރާއްޖޭގައި ފުޅާދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދެމުން ކުންފުނި ކަމުގައިވާ އުރީދޫގެ ކަސްޓަމަރުންނަށް އޮތީ އުފާވެރި ހަބަރެކެވެ.
އެއީ އައިފޯނު 8 އަދި 8 ޕްލަސްގެ ރެޑް އެޑިޝަން މިހާރު އުރީދޫން ގަންނަން ލިބޭކަމެވެ. އަދި އިންސްޓޯލްމެންޓަށްވެސް ބައްލަވައިގަތުމުގެ ފުރުސަތު އޮތް ކަމެވެ.
https://www.youtube.com/watch?v=L5FIAniosZU
އުރީދޫ އިން މައުލޫމާތުދޭގޮތުގައި އައިފޯން 8 އަދި 8 ޕްލަސްގެ ރެޑް އެޑިޝަން އިންސްޓޯލްމަންޓަށް ނަގާ ނަމަ ޑައުންޕޭމަންޓަށް ދައްކަން ޖެހޭނީ 1،999ރ. އެވެ. ބަހާލައިގެން، 12 މަސް ދުވަހުން ފައިސާ ދައްކާ ނިންމާނަމަ މަހަކަށް ދައްކަން ޖެހޭނީ އައިފޯން 8ގެ ރެޑް އެޑިޝަނަށް 1،275ރ. އަދި އައިފޯން 8 ޕްލަސްގެ ރެޑް އެޑިޝަނަށް 1،452ރ. އެވެ. އުރީދޫން ބައްލަވައިގަންނަ އައިފޯނު 8 އަދި އައިފޯނު 8 ޕްލަސް ރެޑް އެޑިޝަނާއެކު 12 މަސް ދުވަސް ވަންދެން ކޮންމެ މަހަކު ހިލޭ ތިން ޖީބީ ޑާޓާވެސް ލިބެ އެވެ.
އައިފޯނު ރެޑް އެޑިޝަން ބައްލަވައިގަނެގެން އިތުރު ހިތްހަމަ ޖެހުމެއްވެސް އެބަ އޮތެވެ.
އައިފޯނުގެ ޕްރޮޑަކްޓް ރެޑަކީ ވިއްކައިގެން ލިބޭ ފައިސާއިން ވަކި އިންސައްތައެއް މައިންގެ ކިބައިން ތުއްތުކުދިންނަށް އެޗްއައިވީ/އެއިޑްސް ޖެހޭ މިންވަރު މަދުކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމާއި ތަހުލީލުތައް ކުރުމާއި އަދި ބޭސްފަރުވާއަށް ހަރަދު ކުރުމަށް ދަ ގްލޯބަލް ފަންޑަށް އެހީގެ ގޮތުގައި ދޭގޮތަށް ނެރޭ ޕްރޮޑަކްޓެކެވެ.
2006 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ ފަންޑަށް 160 މިލިޔަން ޑޮލަރު އެޕަލްއިން "ޕްރޮޑަކްޓް ރެޑް" މެދުވެރިކޮށް ހަދިޔާ ކޮށްފައިވާއިރު އައިފޯނު ރެޑް އެޑިޝަން ބައްލަވައިގަތުމުން އެއް ދޮނުގައި ދެބުޅި އެބަ ޖަހައިލެވެ އެވެ. އެއީ ސަޅި ރަތް ކުލައިގެ އައިފޯނު 8 އަދި އަދި އައިފޯރު 8 ޕްލަސް ލިބުމުގެ ހިތްހަމަޖެހުމާއި އިންސާނިއްޔަތަށްޓަކައި ކޮންމެވެސް މިންވަރެއް ހަދިޔާ ކުރެވުމުގެ ފުރުސަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް