އެމެރިކާގެ އަސްކަރީ ކާގޯ ފްލައިޓެއް ވެއްޓި ފަސް މީހަކު މަރުވެއްޖެ

އެމެރިކާގެ އަސްކަރިއްޔާގެ ކާގޯ ފްލައިޓެއް ވެއްޓި އޭގެން ދަތުރު ކުރި ފަސް މީހަކު މަރުވެއްޖެ އެވެ. ވެއްޓުނު ފްލައިޓަކީ އެއާ ނެޝަނަލް ގާޑް ސީ 130 މަރުކާގެ ކާގޯ ފްލައިޓެކެވެ. މި ފްލައިޓް ވެއްޓިފައިވަނީ ޖޯ...

02 May 2018 | 22:41

އެމެރިކާގެ އަސްކަރިއްޔާގެ ކާގޯ ފްލައިޓެއް ވެއްޓި އޭގެން ދަތުރު ކުރި ފަސް މީހަކު މަރުވެއްޖެ އެވެ.

ވެއްޓުނު ފްލައިޓަކީ އެއާ ނެޝަނަލް ގާޑް ސީ 130 މަރުކާގެ ކާގޯ ފްލައިޓެކެވެ. މި ފްލައިޓް ވެއްޓިފައިވަނީ ޖޯޖިއާ އެއާޕޯޓް ކައިރީގައި އޮންނަ މަގަކަށެވެ. އެ ފްލައިޓް ވެއްޓިފައިވަނީ ތަމްރީނު ދަތުރެއް ކުރަމުން ދަނިކޮށެވެ. މަރުވި ފަސް މީހުންނަކީ ޕުއަޓޮ ރީކޯގެ ނެޝަނަލް ގާޑް މެމްބަރުން ކަމުގައި އެމެރިކާއިން ބުނެފައި ވެ އެވެ.

ޖޯޖިއަން އެއާ ނެޝަނަލް ގާޑްގެ ތަރުޖަމާނު ބުނެފައިވާގޮތުގައި އެ ހާދިސާ ހިނގީ އިއްޔެ ހެނދުނު 11:30 ހާއިރުގައި އެވެ. އޭގެން ދަތުރުކުރި ފަސް މީހހަކު މަރުވެފައިވާއިރު އެ ހާދިސާ ހިނގި އިރު އެ ފްލައިޓްގައި ތިބީ ޖުމްލަ ކިތައް މީހުންކަން އަދި ހާމަކޮށްފައެއް ނުވެ އެވެ. އަދި ފްލައިޓް ވެއްޓެން މެދުވެރިވި ސަބަބާއި ބެހޭގޮތުންވެސް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް