މަތީ ތައުލީމު ހާސިލް ކުރާ ދަރިވަރުންނަށް ބީއެމްއެލްއިން ތަޖުރިބާ ދިނުމަށް އެއްބަސްވެއްޖެ

މަތީ ތައުލީމު ހާސިލް ކުރާ ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސް އިން ތަޖުރިބާގެ ފުރުސަތު ދިނުމުެގ އެއްބަސްވުމުގައި ފަސް ފަރާތަކާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. މިއަދު ބީއެމްއެލްގައި ބޭއްވި ރ...

03 May 2017 | 17:33

މަތީ ތައުލީމު ހާސިލް ކުރާ ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސް އިން ތަޖުރިބާގެ ފުރުސަތު ދިނުމުެގ އެއްބަސްވުމުގައި ފަސް ފަރާތަކާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިއަދު ބީއެމްއެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ބޭންކާއި އެކު އެއްބަސްވުމުގައި ސޮއި ކުރީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ އާއި ވިލާ ކޮލެޖާއި އެވިޑް ކޮލެޖު އަދި ކްލިކް ކޮލެޖުގެ އިތުރުން މެޕްސް ކޮލެޖެވެ. މި ކޮލެޖުތަކާއި އެ އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އެންޑްރޫ ހީލީ އެވެ.

"ބީއެމްއެލް ޕްރޮސްޕެކްޓް - ކަނެކްޓިންގ ޓެލެންޓް ވިތް އޮޕަޗުނިޓީ" ނަމުގައި ހިންގާ އެ ޕްރޮގްރާމުގެ ދަށުން މަތީތައުލީމުގެ ފަހު އަހަރު ވަޒީފާގެ މާހައުލަށް އަހުލުވެރި ކުރުވުމަށް ބޭނުންވާ ތަޖުރިބާގެ ފުރުސަތު ބީއެމްއެލްއިން ދޭނެ އެވެ. އޭގެ ތެރެއިން ބޭންކިން ދައިރާއިން ކުރިޔަށް ދާން ބޭނުންވާ ކުދިންނަށް ވަޒިފާގެ ފުރުސަތު ލިބުމުގެ އިތުރުން އެ ފަސް ކލެޖުން ކުރިޔަށް ގެންދާ ކެރިއާ ގައިޑަންސް އާއި އިތުރު ކޯސްތަށް ކުރިޔަށް ގެންދިއުމަށް އެ ބޭންކުން އެހީވާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ބޭންކުން ބޭނުންވަނީ މަތީ ތައުލީމު ނުނިމެނީސް ކުދިންނަކީ ހުނަރުވެރި ގާބިލް ބަޔަކަށް ހެދުމުގައި އެހީތެރިވުން ކަމަށެވެ. އަދި ބީއެމްއެލްގައި މަސައްކަތް ކުރުމަށް ފަހު ވަޒީފާގެ މާހައުލަށް ނިކުންނަ އިރު އެ ކުދިންނަކީ ފުރިހަމަ ތަޖުރިބާ ލިބިފައި ތިބި ކުދިންނަށް ވާނެ ކަމަށެވެ.

" ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ގުޅިގެން މަސްކަތްކުރުމަށް އެއްބަސްވެވުމަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއް. އަޅުގަނޑުމެން ބޭނުންވަނީ ކޮލެޖް ނުނިމެނީސް، ދަރިވަރުން ތައުލީމު ހާސިލްކުރަމުންދާއިރު އެއީ ހުނަރުވެރި ބަޔަކަށް ހެދުމަށް އަޅުގަނޑުމެން މުހިންމު ދައުރެއް އަދާކުރުމަށް. އަދި 'ބީއެމްއެލް ޕްރޮސްޕެކްޓް' ގެ ސަބަބުން ދަރިވަރުން ގްރެޖުއޭޓްވާއިރު އެކުދިންނަކީ ވަޒީފާގެ މާހައުލަށް ބޭނުންވާނެ ފުރިހަމަ ތަޖުރިބާ ލިބިފައިވާ ކުދިންކަން ޔަގީން ކުރެވިގެންދާނެ،" އެންޑްރޫ ވިދާޅުވި އެވެ.

ޭބީއެމްއެލުން ފަށާފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭނުގެ ދަށުން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޚިދުމަތްތައް ފުޅާކުރުމަށާއި މި މަރުހަލާގެ ތެރޭގައި 150 ވަޒީފާ އަލަށް އުފެއްދުމަށް 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއް ކުރާނެކަމަށް ބޭންކުންވަނީ އިއުލާންކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް