އެހެނިހެން އަހަރުތަކެކޭވެސް އެއްފަދައިން އަނެއްކާވެސް އޭސް ހާރޑްވެއާރ އާއި ކަލާރބެންކް ގުޅިގެން ‘އެންމެ ސަޅި ރޯދަ ސޭލް’ ގެ ނަމުގައި ވަރަށް ބޮޑު ޕްރޮމޯޝަނެއް ފަށާފައިވާއިރު އަދި މި ޕްރޮމޯޝަންގައި ނަގުދު ތިން ލައްކަ ރުފިޔާ ލިބިގެން ދާއިރު ހަމަ މި ޕްރޮމޯޝަންގެ ދަށުން ދެ ބޭފުޅަކަށް ބެންކޮކް ދެކޮޅު ޓިކެޓް ލިބިގެންދާ ސޯޝަލް ޕްރޮމޯޝަނެއް އޭސް ހާޑްވެއާ އަދި ކަލަރބޭންކުން ފަށައިފި އެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ކުރަން ޖެހޭ ކަމަކީ ތިރީގައިވާ ޕޯސްޓަށް ފޭސްބުކްގައި ލައިކް ކޮށް ކޮމެންޓް ކުރުމެވެ. އަދި ކޮމެންޓް ކުރުމުގައި EnmeSalhiRoadhaSale2017 # މި ހޭޝްޓެގް ބޭނުން ކުރުމެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު 30 ޖޫން އާއި ހަމައަށް ވަނީ ހުޅުވާލެވިފަ އެވެ. ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތް އިއުލާނު ކުރުން އޮންނާނީ ޖުލައި 1 ވަނަ ދުވަހު ކަމުގައި އޭސް ހާޑްވެއަރ އަދި ކަލަރބޭންކުން ބުނެ އެވެ.
މި ޕްރޮމޯޝަންގެ އިތުރުން ނަގުދު ތިން ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއްވެސް އޭސް ހާޑްވެއަރ އަދި ކަލަރބޭންކުން ގުޅިގެން ކުރިއަށް ގެންދެ އެވެ. މި ޕްރޮމޯޝަން ހިނގަމުންދާނީ 20 އޭޕްރިލް އިން ފެށިގެން 30 ޖޫން ގެ ނިޔަލަށެވެ. މި ޕްރޮ މޯޝަންގެ މުއްދަތުގައި މި ދެ ފިހާރައިންވެސް ބައްލަވައިގަންނަވާ ތަކެތިން ވަރަށް ޙާއްސަ ޑިސްކައުންޓްތައް ލިބިވަޑައިގަންނަވާނެއެވެ. މި ގޮތުން ރޯދަމަހަށް އެންމެ ބޭނުންވާފަދަ ތަކެތިން 90% އާއި ހަމަޔަށް ޑިސްކައުންޓް ލިބިގެންދާއިރު މީގެ އިތުރުން އޭސް ހާރޑްވެއާރ އަދި ކަލަރ ބޭންކް ކުރެ ކޮންމެ ފިހާރައަކުންވެސް މަދުވެގެން 300 ރުފިޔާގެ ވިޔަފާރިއެއް ކުރާ ކޮންމެ ބޭފުޅަކަށް ނަސީބުގެ ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ. މި ގުރުއަތުން ހޮވޭ ނަސީބުވެރިފަރާތައް ލިބިވަޑައިގަންނަވާނީ 3 ލައްކަ ރުފިޔާގެ އަގުހުރި ނަގުދު ފައިސާގެ އިނާމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް