މޫނު ރީތިކުރުމަށް އަޅާ "ފޭސް މާސްކު" މިހާރު މަޖާގޮތަކަށް "އިމޯޖީތައް ބޭނުންކޮށްގެން އުފައްދަން ފަށައިފި އެވެ.
ޓައިވާނުގެ ހަމުގެ ފަރުވާއަށް މިފަދަ އެއްޗެހި ހަދާ ކުންފުންޏަކުން ފޭސް މާސްކު ތަކާއި އިމޯޖީތައް އެއްކޮށްލާފައި ވަނީ އިމޯޖީތައް މަޝްހޫރުވެފައި އެއިން އެހެން މީހުންނަށް އުފާވެރިކަން ލިއްބައިދޭތީކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. މި މާސްކުތަކުގެ ތެރޭގައި އެކި މޫޑްތަކާ ގުޅޭގޮތަށް އިމޯޖީތައް ބޭނުންކޮށްފައި ހުރި މާސްކުތައް ހިމެނެ އެވެ.
އައިނެއް އަޅައިގެން ހުންނަ އިމޯޖީގެ މާސްކުން މޫނު އަވީގައި ޖެހުމަށްފަހު ރަތްވުމުން ސަލާމަތްކޮށް މޫނަށް އަރާމުކޮށްދެ އެވެ. އަދި ބރުގަނެފަ އިންނަ އިމޯޖީ ބޭނުންކޮށްފައި ހުންނަ މާސްކުން "ފޭސް ލިފްޓް" ކޮށްދެ އެވެ.
މީގެ އިތުރުން ލޮލުގައި ހިތް ޖަހާފައި ހުންނަ އިމޯޖީ ބޭނުން ކޮށްފައި ހުންނަ މާސްކު ތަކަކީ ފިނިފެންމާ ބޭނުން ކޮށްފައި ވާ މާސްކެކެވ. މި މާސްކުގެ ސަބަބުން މޫނުގެ ކުލަ ރީތިވެ މޫނުގެ ހަން އޮމާންކޮށްދެ އެވެ.
މި މާސްކުތައް ބޭނުންކުރަމުން ނަގާފައި ހުރި ބައެއް ފޮޓޯތައް ދަނީ އިންޓަނެޓްގައި އާއްމުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް