އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ ކުޑަ ކުއްޖަކު ޒަހަމް ކޮށްލައިފި އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަލާގައި ޒަހަމް ވެފައިވަނީ ހިތަދޫ ޝަރަފުއްދީން ސްކޫލް ގްރޭޑް ނުވައެއްގައި ތައުލީމް ހާސިލް ކުރަމުންދާ ކުއްޖެ ކެވެ. ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ ރޭ ގާތްގަނޑަކަށް 10:30 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ މި ކުއްޖާއަށް ފަރުވާދެމުން ދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ކަމަށެވެ. އަދި ކުއްޖާގެ ހާލު ވަރަށް ސީރިއަސް އެވެ.
ކުއްޖާއަށް ލިބިފައިވާ ޒަހަމް ތަކުގެ ތަފްސީލެއް އަދި ނޭނގެ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް