އާންމުކޮށް ދުވާލެއްގެ މައްޗަށް އެއް ގަޑިއުރު ކޮންމެ މީހަކު ފޭސްބުކްގައި ހޭދަކުރެ އެވެ.
ދިރާސާތަކުން ދައްކާގޮތުގައި ދެމީހެއްގެ ދެމެދުގައި ދުޅަހެޔޮ ގުޅުމެއް އޮވެއްޖެނަމަ އެ މީހަކަށް ހިތްހަމަޖެހުން ލިބޭނެ އެވެ. ނަމަވެސް ޝޯޝަލް މީޑިއާތައް ނުވަތަ ފޭސްބުކް ބޭނުން ކުރުމުން މީހުނާއި ދެމެދުގައި އޮންނަ ގުޅުން އެހާ ދުޅަހެޔޮނުވާ ފަހަރުވެސް އާދެ އެވެ.
ހާވަރޑް ބިޒްނަސް ރިވިއުއިން، ގަލުޕް (އެމެރިކާގެ ރިސާޗް ހަދާ ކުންފުޏެއް) ން 5،208 މީހުން ބޭނުންކޮށްގެން ދެ އަހަރުގެ ތެރޭގައި އެއްކޮށްފައިވާ ޑާޓާއަށް ބަލައިގެން ފޭސްބުކްގެ ސަބަބުން މީހުންގެ ދެމެދުގައި އޮންނަ ގުޅުމަށް ކުރާ އަސަރުތައް ބެލުމަށްޓަކައިވަނީ ދިރާސާއެއް ކޮށްފަ އެވެ.
ނަތީޖާގެ ސައްހަކަން ޔަގީން ކުރުމަށް އެމީހުންވަނީ ފޭސްބުކްއާއި ރިއަލް ވޯލްޑް ޝޯޝިއަލް ނެޓުވޯކްސް އިންވެސް ޑާޓާ ނަގައިގެން ބަލާފަ އެވެ.
ކުރި ދިރާސާގެ ނަތީޖާ ދައްކާގޮތުން ފޭސްބުކްގެ ސަބަބުން މުސްތަގުބަލުގައި މީހުންގެ ދެމެދުގައި އޮންނަ ގުޅުމަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ އެވެ. މިއީ ފޭސްބުކް ބޭނުންކުރުމަށް ވުރެއްބޮޑަށް ފޭސްބުކްގައި ތިމާ ހޭދަކުރާ ވަގުތު އިތުރުވުމުގެ ސަބަބުން މެދުވެރިވާކަމެއް ކަމަށް އެ ދިރާސާގައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް