ކޯވިޑް-19: ކާފިއުގެ ވަގުތުގައި މިއަދު ނަސޭހަތް ދޭންޖެހުނު މީހުންގެ އަދަދު 284 އަށް

ކޯވިޑް-19 އާއި ގުޅިގެން ގްރޭޓާ މާލެ ސަރަހައްދުގައި ކާފިއު ހިންގާ މަދު ވަގުތުކޮޅުގެ ތެރޭގައި މިއަދު ނަސޭހަތް ދޭންޖުހު މީހުންގެ އަދަދު 284 އަށް އަރާފައިވާކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން...

03 Apr 2020 | 16:29

ކޯވިޑް-19 އާއި ގުޅިގެން ގްރޭޓާ މާލެ ސަރަހައްދުގައި ކާފިއު ހިންގާ މަދު ވަގުތުކޮޅުގެ ތެރޭގައި މިއަދު ނަސޭހަތް ދޭންޖުހު މީހުންގެ އަދަދު 284 އަށް އަރާފައިވާކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތަރުޖަމާނު މަބްރޫކް ވިދާޅުވީ އިއްޔެގެ ނަސޭހަތް ދޭން ޖެހުނީ ވިލިމާލެ، މާލެ އަދި ހުޅުމާލެއިން ޖުމްލަ 95 މީހަކަށް ކަމަށެވެ. އެކަމަކު ހިތާމައަކީ މިއަދު އެ އަދަދު މަދުވުމުގެ ބަދަލުގައި ބޮޑުތަކުން އިތުރުވެފައިވާތީ އެވެ.

މަބްރޫކް ވިދާޅުވީ އިއްޔެ މާލެއިން ނަސޭހަތް ދޭން ޖެހުނީ92 މީހުންނަށް ކަމަށެވެ. އެކަމަކު މިއަދު އެ އަދަދު284 އަށް އަރާފައިވާއިރު ހުޅުމާލެ އިން އިއްޔެ ނަސޭހަތް ދިނީ11 މީހަކަށް ކަމަށެވެ. އެކަމަކު މިއަދު އެ އަދަދު67 މީހަކަށް އިތުރުވި ކަމަށެވެ.

މީގެ އިތުރުން ވިލިމާލޭގައި މިއަދު މަގުމައްޗަށް ނުކުތް25 މީހަކަށް ނަސޭހަތް ދީފައިވެ އެވެ. އިއްޔެ ވިލިމާލޭގައި މަގުމައްޗަށް ނުކުމެގެން ނަސޭހަތް ދޭން ޖެހުނީ ނުވަ މީހަކަށެވެ.

ކާފިއުގެ ވަގުތުގައި، ދެ ދުވަހުގެ ތެރޭގައި 376 މީހަކު މަގުތަކަށް ނުކުމެފައިވާ އިރު އޭގެތެރެއިން 333 ދިވެހިން ހިމެނެ އެވެ. ބިދޭސީންގެ އަދަދަކީ 43 އެވެ.

މަބްރޫކް ވިދާޅުވީ ވައިރަސް ފެތުރުނަ ނުދޭން އަޅާ ފިޔަވަޅެއްގެ ގޮތުން، ކާފިއުގެ ވަގުތުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ތިން ގަޑިއިރު މަދުވެގެން ވެސް ބައެއް މީހުން ސުވާލު ކުރެ އެވެ. އެކަމަކު، އެހާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވެސް އަދަދުތައް އިތުރުވަމުން އަންނަ ކަން މިއަދު ހާމަވެފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ފުލުހުންނާއި ހަވާލާދީ މަބްރޫކް ވިދާޅުވީ މާދަމާއިން ފެށިގެން މަގުމައްޗަށް ނުކުންނަ މީހުން ޖޫރިމަނާ ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ މަގުސަދު އެއީ ނޫންކަމަށާއި ބޭނުންވަނީ ބޮޑު ބަލިމަޑުކަމަކުން ރައްޔިތުން ސަލާމަތް ކުރަން ކަމަށެވެ.

ނަސޭހަތް ދިނުމަށް ފަހު ފުލުހުން ނިންމާފައިވަނީ ކާފިއުގަޑީގައި ބޭރުގައި އުޅޭ މީހުން1،000 ރުފިޔާއިން ޖޫރިމަނާ ކުރާށެވެ.

ތިން ގަޑިއިރު ކާފިއު ހިންގަން ނިންމީ ނުރައްކާތެރި ކޯވިޑް-19 އާންމުންގެ ތެރެގައި ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް