އައިއެސްއައިއެސްގެ ލީޑަރު ވީތަނެއް ބުނެދިން ފަރާތަކަށް 25 މިލިއަން ޑޮލަރު

އައިއެސްއައިއެސްގެ ލީޑަރު އަބޫ ބަކުރު އަލް ބަގްދާދީ ވިތަނެއް ބުނެދިން ފަރާތަކަށް 25 މިލިއަން ޑޮލަރުގެ އިނާމެއް ހުށައަޅައިފިއެވެ. މި އިނާމް ހުށައަޅާފައިވަނީ އެމެރިކާގެ ލީޑަޝިޕްގެ ދަށުން އިރާގު އަދި ސީރ...

03 Apr 2019 | 16:20

އައިއެސްއައިއެސްގެ ލީޑަރު އަބޫ ބަކުރު އަލް ބަގްދާދީ ވިތަނެއް ބުނެދިން ފަރާތަކަށް 25 މިލިއަން ޑޮލަރުގެ އިނާމެއް ހުށައަޅައިފިއެވެ.

މި އިނާމް ހުށައަޅާފައިވަނީ އެމެރިކާގެ ލީޑަޝިޕްގެ ދަށުން އިރާގު އަދި ސީރިޔާގައި ހަނގުރާމަކުރަމުންދާ ބައިނަލަގްވާމީ ކޯލިޝަނުންނެވެ. މި ކޯލިޝަންގެ މަތިންދާ ބޯޓުތަކުން މިކަން އަންގައި ލީފްލެޓްތަކެއް އިރާގުގެ ރަމަދީއަށް ވަނީ އަޅާފައެވެ. މި ލީފްލެޓުތަކުގައި ލިޔެފައިވާގޮތުގައި އައިއެސްއައިއެސްގެ ހަނގުރާމަވެރިންނާއި ބަގްދާދީ ވަނީ އިރާގުގެ ރައްޔިތުންގެ ބިންތައް ފޭރިގަނެ އެމީހުންގެ އާއިލާތައް މަރާފައެވެ. އަދި މިހާރު އޭނަ ގެނައި ހަލާކާއި މަރުން ފިލައިގެން އުޅޭ ކަމަށާއި އޭނަގެ މައުލޫމާތު ދީފިނަމަ އޭނަ ގެނައި ހަލާކަށް ބަދަލު ހިފޭނެކަމަށް މި ލީފްލެޓުތަކުގައި ލިޔެފައިވެއެވެ. މި ލީފްލެޓުގައި ވާގޮތުން ބަގްދާދީ ވާތަނެއް އެނގޭނަމަ ކޯލިޝަނަށް ކޯލަކުން ނުވަތަ މެސެޖަކުން އެންގުމަށް ވަނީ އެދިފައެވެ.

އިރާގުގެ އިންޓެލިޖެންސް ބުނާގޮތުން ބަގްދާދީ ވަނީ ސީރިޔާގެ ހުޅަނގުގެ ހިސާބެއްގައި ފިލައެވެ. އަދި ދަތުރު ކުރަނީ އޭނަގެ ދަރިއަކާއި މަދު ބައިވެރިންތަކާއިއެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް