ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަޚްރުވެރިކަމާއެކު 100ވަނަ އަށް އުފަންވީ ތުއްތުކުއްޖާގެ އާއިލާއަށް އެ ހޮސްޕިޓަލުގެ ފަރާތުން ހޫނު މަރުޚަބާ ކިޔައިފިއެވެ. މި ހޮސްޕިޓަލުގައި 100 ވަނަ ކުއްޖަކު އުފަންވީ 31 މާރޗް 2019 ގައެވެ.
މި ޚިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތް ތެރިވެފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކެއާރ ޓީމާއި، ދާދިފަހުން ގުޅިވަޑައިގަތް އަންހެނުންގެ ޙާއްސަ ޑޮކްޓަރ، ޑރ.ވަރްޝާ ރަންގަރާޖްއެވެ. އަމަލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ތަޖުރިބާކާރު ނިއޯނޭޓޮލޮޖިސްޓް، ފޫޅުމައި، ހޭނައްތާ ޑޮކްޓަރ އަދި ހުނަރުވެރި ނަރުހުން އެކުލެވޭ ޓީމަކުން ކަމަށް ޓްރީ ޓޮޕުން މައުލޫމާތުދެއެވެ.
ކުއްޖާގެ މަންމަ ބުނީ އޭނާ ޓްރީ ޓޮޕް ހޮސްޕިޓަލަށް އަންނަން ނިންމީ ކޮންޕްލިކޭޝަން އުޅޭތީ ކަމުގައެވެ. ފުރަތަމަ އެ ހޮސްޕިޓަލަށް އައި އިރު ބިރުގަތް ކަމަށާއި، ނަމަވެސް ފަހުން ހުރިހާ ކަމެއްވެސް ދިޔައީ ރަގަޅަށް ކަމަށް ކުއްޖާގެ މަންމަ ބުންޏެވެ. އަދި ހޮސްޕިޓަލުގެ ސާވިސްތަކާއި މެދުއާއި އެ ހޮސްޕިޓަލަށް އާދެވުނީތީވެސް އުފާކުރާކަމަށް ކުއްޖާގެ މަންމަ ބުންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ މެޓަރނިޓީ ޔުނިޓަކީ މައިމީހާ އާއި ތުއްތު ދަރިފުޅަށް ލިބެންވާ ޚާއްސަ ފަރުވާތަކަށް ޒަމާނީ ފެންވަރަށް ފަރުމާ ކުރެވިފައިވާ ވޯޑެކެވެ. އެބޭފުޅަކަށް ވަކިން ޚާއްސަކޮށް ފަރުމާކުރެވިގެން ޚިދުމަތް ދިނުމުގެ މަސައްކަތް މެޓަރނިޓީ ޔުނިޓް ޓީމުން ފޯރުކޮށްދެއެވެ. މީގެތެރޭގައި ތަދުނުވެ ވިހެއުމުގެ ޚިދުމަތްވެސް އެކުލެވެއެވެ. އަދި ފާހަގަ ކޮށްލެވޭގޮތުގައި މާބަނޑު ދުވަސްވަރާއި ވިހެއުމާއި އަދި ވިހެއުމަށްފަހު ލިބެންޖެހޭ މަޢުލޫމާތު ހިމެނޭ ތަމްރީން ކްލާސްތަކެއް "ބާރތް ޕްރެޕަރޭޝަން ޕްރޮގްރާމް" ގެ ނަމުގައި ޓްރީ ޓޮޕް މެޓަރނިޓީ ޔުނިޓްއިން ކުރިއަށް ގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް